އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ ހިއްސާ ވިއްކަން ފަށާ ތާރީޚާއި، ހިއްސާ ވިއްކާ އަގު އިއުލާން ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ، އެކުންފުނީގެ އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ)ގެ ޕްރޮސްޕެކްޓަސް،އެކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާނުކުރުމަށް މާދަމާރޭ ޚާއްސަ ރަސްމިއްޔާތެއްް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އުރީދޫ މޯލްޑިވްސް ޕލކއިން އާންމުކޮށްފައިވާ އެކުންފުނީގެ ޕްރޮސްޕެކްޓަސް ބުނާ ގޮތުގައި، އުރީދޫ މޯލްޑިވްސްގެ ހިއްސާގެ 15 ޕަސަންޓު، ނުވަތަ 22،170،060 ހިއްސާ އާންމުންނަށް ވިއްކާނެއެވެ. އަދި ތަރުހީބު އޮތް މިންވަރަށް ބަލައި، ކުންފުނީގެ 40 ޕަސަންޓާ ހަމައަށް، ނުވަތަ 59،120،160 ހިއްސާ ވިއްކުމަށް ހަމަޖެހިފައިވެއެވެ.

އުރީދޫގެ ހިއްސާ ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 30 ވަނަ ދުވަހުއެވެ. ހިއްސާއެއްގެ އަގަކީ 30 ރުފިޔާއެވެ. އަދި ކޮންމެ މީހަކުވެސް މަދުވެގެން 50 ހިއްސާ ގަންނަން ޖެހެއެވެ. އެއީ 1،500 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

އުރީދޫ މޯލްޑިވްސްއިން ރާވާފައިވަނީ ހިއްސާ ވިއްކައިގެން 1.77 ބިލިޔަން ރުފިޔާގެ ރައުސުލްމާލެއް ރެއިޒްކުރުމަށެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ބަދަލުކޮށް، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖްމެންޓުގެ ބައެއް މުހިންމު މަގާމުތަކަށް މި މަހުގެ ތެރޭގައި ވަނީ ބަދަލުވެސް ގެނެސްފައެވެ. އެގޮތުން، އުރީދޫގެ ސީއީއޯގެ ގޮތުގައި ހުންނެވި ވިކްރަމް ސިންހަ ވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ބަދަލު ކޮށްފައެވެ. އަދި ވިކްރަމްގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯކަމަށް ހަމަޖައްސާފައިވަނީ ީއުރީދޫ ގްރޫޕުގެ ކޮމާޝަލް ޑިވިޝަންގެ ބިޒްނަސް ސާވިސް ޓީމުގެ އިސްވެރިއެއްގެ މަގާމު އަދާކުރެއްވި ެ.