ހައިރައިޒުން އިންތިޒާމުކޮށްގެން ސަރަހައްދީ ފެންވަރުގައި ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިތާ ދެ ދުވަސް ތެރޭގައި އެންމެ މަތީ ބްރޭންޑުތައް ނޮމިނޭޓު ކުރަން ފަށައިފިއެވެ.

ހައިރައިޒްގެ މެނޭޖިން ޑިރެކްޓަރު އަދި ފައުންޑާ، އިސްމާއިލް ހަމީދު "ސަން"އަށް ވިދާޅުވީ މިހާރު ސަޓާއަށް ނިމިނޭޝަންސް ހުޅުވާލިތާ ވީ ކުރު މުއްދަތުގައި ބޮޑެތި އަދި މަޝްހޫރު ބްރޭންޑުތައް ނޮމިނޭޓު ކުރަން ފަށާފައިވާ ކަމަށެވެ.

މިހާތަނަށް ހުށަހަޅާފައިވާ ނޮމިނީސްތައް:

  • ލީޑިން ބީޗް ރިސޯޓު/ހޮޓެލް: އަމާރީ ހަވޮއްޑާ، ކޮކޫން މޯލްޑިވްސް.

  • ލީޑިން ޑިޒައިނާ ރިސޯޓު/ހޮޓެލް: ކޮކޫން މޯލްޑިވްސް.
  • ގެސްޓްހައުސް/ޓޫރިސްޓް އިން: ރިވެރީސް
  • ލީޑިން ޑައިވް ރިސޯޓު/ހޮޓެލް: ރިވެރީސް
  • ލީޑިން ބުޓިކް ހޮޓެލް: ރިވެރީސް
  • ލީޑިން ލަކްޝަރީ ރިސޯޓު/ހޮޓެލް: ސްޓްރެޖިސް މޯލްޑިވްސް، ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ
  • ލީޑިން ޑައިވް ސެންޓާ: ސައުތް އަރި އެޓޯލް މޯލްޑިވްސް ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ.
  • ލީޑިން ލިވްއަބޯޑް: ގުރަހަލި
  • ލީޑިން ލިވްއަބޯޑް ބްރޭންޑް: ވޮޔޭޖެސް މޯލްޑިވްސް
  • ލީޑިން ޓްރެވަލް އެޖެންޓް: ވޮޔޭޖެސް މޯލްޑިވްސް
  • ލީޑިން ޕީއެސްއޭ/ޖީއެސްއޭ ސާވިސަސް ޕްރޮވައިޑާ: ވޮޔޭޖެސް މޯލްޑިވްސް
  • މޮސްޓް ރޮމޭންޓިކް ރިސޯޓް/ހޮޓެލް: ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ
  • ލީޑިން ފެމިލީ ރިސޯޓް/ހޮޓެލް: ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ

ސަޓާ އަކީ ހައިރައިޒުން ކުރި ފަޅައިގެން އައި އިންޓަނޭޝަނަލް ބްރޭންޑެކެވެ. އެ އެވޯޑު ފުރަތަމަ ފަހަރު ދީފައިވަނީ 270 ނޮމިނޭޝަންސްއާ އެކު ސްރީލަންކާގެ މައުންޓް ލެވީނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ އެވޯޑު ހަފްލާގައި ދެކުނު އޭޝިއާގެ އެންމެ ޝަރަފުވެރި 18 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނެއެވެ. ސަޓާއިން މައުލޫމާތުދޭ ގޮތުގައި، އަންނަ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ.

ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ސްރީލަންކާއާއި އިންޑިއާގެ ފަރާތްތަކުންނެވެ. މިއަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖެއާއި އިންޑިއާ އަދި ލަންކާގެ އިތުރުން، ބޫޓާން އަދި ނޭޕާލްގެ ފަރާތްތަކުންވެސް ބައިވެރިވާނެއެވެ.

ސަޓާ އެވޯޑްސް އެންޑޯޒްކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަން، އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް
  5. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  6. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  7. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  8. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  9. ނޭޕާލް ޓޫރިޒަމް ބޯޑު

ހައިރައިޒްގެ ފައުންޑާ އަދި މެނޭޖިން ޑިރެންޓަރު އިސްމާއިލް ހަމީދު ވިދާޅުވީ މިއަހަރުގެ އެވޯޑު ހަފްލާ ބާއްވާ ތާރީޚެއް އަދި ޔަގީން ނުވި ނަމަވެސް މަސައްކަތް ކުރަމުން ދަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ބޭއްވޭތޯ ކަމަށެވެ.

މިދިޔަ އަހަރު އެ އެވޯޑު ހަފްލާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަންއެވެ.