އެކިދުވަސް މަތިން ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 79 އަހަރުގެ ފިރިހެނެއް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ އެޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.

އޭނާ ހައްޔަރު ކުރީ ކޮން ރަށަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ހައްޔަރު ކުރި މީހާގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ޅ. ނައިފަރު މެޖިސްޓްރޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުކޮށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ނައިފަރު ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

އެ މައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.