16 Apr 2017, 13:37
ހުޅުމާލެ ހުވަދުމާ ހިނގުމުގައި ހުންނަ ފިހާރަބަރީގައި ހިންގާ 'ޑެލްރިއޯ' ފިހާރާގައި ރޯވެ، އެ ފިހާރައަށް ގެއްލުންތަކެއްވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަދުނާނު މުހައްމަދު "ސަން" ވިދާޅުވީ ޑެލްރިއޯ ފިހާރައިގައި ރޯވިކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:15 އެހާކަންހާއިރު ކަމަށެވެ.
އަންނައުނާއި ކުޑަކުދިންނަށް ހާއްސަ ތަކެތި ވިއްކާ އެ ފިހާރައިގައި ރޯވި އަލިފާން ނިއްވާލީ ސިފައިންނާއި ފުލުހުންގެ މަސައްކަތުންނެވެ. އަލިފާން ނިއްވާލެވުނީ އެކެއް ޖެހިފަހުންނެވެ.

ހުޅުމާލޭގައި ހުރި 'ޑެއިލީ މާޓް' ފިހާރޭގައި ރޯވެ އަދަމުން ދަނީ ---
އަލިފާން ކޮންޓްރޯލް ކުރެވުނުއިރު، ޑެލްރިއޯ ފިހާރައިގައި ހުރި މުދާތަކަށް ވަނީ ގެއްލުންވެފަ އެވެ. އަދި ބައެއް ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެ އެވެ.