16 Apr 2017, 12:51
މުޅި ދުނިޔޭގައި ވެސް ފުޓްބޯޅަ ފޯރި ފަނޑުވުމެއް ނެތި ދުވަހަކަށް ވުރެެ ދުވަހެއް އިތުރުވަމުން އަންނަ އިރު ފިރިހެނުންނެކޭ އެއްވަރަށް އަންހެނުން ވެސް މި ކުޅިވަރުގައި ފައިތިލަ ސާބިތު ކުރަމުން އަންނަ ކަމީ ދުނިޔެ ދައްކާ ހަގީގަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު އަންހެނުން ފޯރިއާ އެކު ފުޓްބޯޅަ ކުޅެމުންދާއިރު ފީފާގައި ރަޖިސްޓްރީވެގެން ފުޓްބޯޅަ ކުޅޭ 176ގައުމީ އަންހެން ފުޓްބޯޅަ ޓީމުތައް އެބައޮތެވެ.
ައާންމުކޮށް ފުޓްބޯޅަ ކުޅޭ އަންހެން ކުދިންނަށް އެންމެ ގިނައިން އަމާޒުވާ އެއް ފާޑުކިޔުމަކީ އެމީހުން ފުޓްބޯޅަ ކުޅެން ފެށުމާއެކު ހަށިގަނޑަށް އަންނަ ބަދަލު ތަކުގެ ވާހަކައެވެ. ކޮނޑާ ދިމާއި ހަށިގަނޑު ފުޅާވެ ހަށިގަނޑު ވަރުގަދަވެ ކޮންމެވެސް ވަރަކަށް މީހާ ހުންނަ ގޮތް ފިރިހެން ވާ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. ނަމަވެސް މިއީ މުޅިއަކުން ހަގީގަތެއް ނޫނެވެ.
ފުޓްބޯޅަ ކުޅެ އަންހެނުންގެ ތެރޭގައި ވެސް އާޝޯހުވާފަދަ ރިތި ކުދިން އެބަތިއްބެވެ. ދުނިޔޭގެ މަޝްހޫރު މޮޑެލްއިންނަށް ދޫނުކުރާ ވަރުގެ ލޫޅާފަތި ބައްޓަންހެޔޮ "ލޯބި" ކުދިން އެބަތިއްބެވެ.
މި ބަލާލަނީ 2017 ވަނަ އަހަރުގެ އެންމެ ރީތި ފަސް އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓަށެވެ.
5- އެލީސް ޕެރީ

އެލީސް ޕެރީ ---
އޮސްޓްރޭލިއާއަށް އުފަން އެލީސަކީ އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅެމުން އަންނަ ޑިފެންޑަރެކެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށި އުމުރުން އެންމެ 16 އަހަރުން ފެށީގެނެވެ. އެލީސަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން އޭނާއަކީ މޮޅު ކްރިކެޓް ކުޅުންތެރިއެއްވެސް މެއެވެ. އޭނާ ކުޅިވަރު މައިދާނަށް ކްރިކެޓްގެ ތެރެއިން ނުކުން އިރު އޭނާ ވެގެން ގޮސްފައި ވަނީ ފުޓްބޯޅައާ ކްރިކެޓް ގައުމީ ފެންވަރުގައި ކުޅުނު ފުރަތަމަ ކުޅުންތެރިއާއަށެވެ. އެލީސް އަކީ ފުޓްބޯޅަ ބެލުންތެރިންގެ މެދުގައި ރީތި ހަށިގަނޑެއްގެ ވެރިއެއްގެ ގޮތުން މަޝްހޫރުވެފައިވާ ރީތި އިސްކޮޅަކާއި ރީތި ބައްޓަމެއް ލިބިފައިވާ އުމުރުން 26 އަހަރުގެ ކުޅުންތެރިއެކެވެ.
4-އަނޫކް ހޯގެންޑޭކް

އަނޫކް ހޯގެންޑޭކް ---
މި ލިސްޓުގެ ހަތަރުވަނަ ލިބެނީ ނެދަލެންޑްސް އަނޫކް ހޯގެންޑެކް އަށެވެ. މައުސޫމް މޫނެއްގެ ވެރި އަނޫކަކީ އޭނާގެ ރީތި ކަމުގެ ވާހަކައެންމެންވެސް ދައްކާ ރީތި ކުޅުންތެރިއެކެވެ. އުމުރުން 31 އަހަރުގެ މިޑްފިލްޑަރު އަނޫކް އަކީ ފުޓްބޯޅަ ކެރިއަރުގައިވެސް ކާމިޔާބު ކުޅުންތެރިއެކެވެ. އަނޫކްގެ އެންމެ ރީތި ސިފައަކީ އޭނާގެ ހިނިތުންވުމެވެ.
3-ލޯރެންް ސެސެލްމަން

ލޯރެން ސެސެލްމަން ---
މި ލިސްޓުގެ ތިންވަނަ ލިބެނީ ކެނެޑާ ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ލޯރެން ސެސެލްމަން ތިންވަނަ އަށް އެންމެ ރީތި ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ގިންތި ކޮށްފައިވާއިރު އޭނާއަކީ ފުޓްބޯޅަ ބެލުންތެރިންގައި ވެސް ރިތި ކަަމަށް މަޝްހޫރު ކުޅުންތެރިއެކެވެ. ނޫކުލައިގެ ލޮލެއްގެ ވެރިއާ ލައުރެން އަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ވެސް ކާމިޔާބު ކުޅުންތެރިއެކެވެ. މިހާރު އުމުރުން 33 އަހަރު ފުރިފައި ވީނަމަވެސް ރީތި ކަމަށް ކުޑަކޮށްވެސް ބަދަލެއް ނާދެއެވެ.
2- ނަޔެލީ ރަންގެލް

ނަޔެލީ ރަންގެލް ---
ނަޔެލީ އަކީ މެކްސިކޯއަށް އުފަން ކުޅުންތެރިއެކެވެ. އޭނާ މަޝްހޫރވެފައިވަނީ މޮޅު މިޑްފިލްޑަރެއްގެ އިތުރުން ރީތި ކުޅުންތެރިއެްގެ ގޮތުންނެވެ. ބައެއް މީޑިޔާ ތަކުން ރިޕޯޓްކޮށްފައި ވަނީ އޭނާއަކީ މުޅިދުނިޔޭގައި ވެސް ހުރި ދެކުނު އެމެރިކާއަށް ނިސްބަތްވާ އެންމެ ރީތި އަންހެން ފުޓްބޯޅަ ކުޅުންތެރިއާގެ ގޮތުގައެވެ. އުމުރުން 25 އަހަރުގެ ނަޔާލީ ވަނީ މެކްސިކޯ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.
1- އެލެކްސް މޯރްގަން

އެލެކްސް މޯގަން ---
ދުނިޔޭގެ އެންމެ ރީތި އަންހެން ފުޓްބޯޅަ ކުޅުންތެރިއަކީ ކާކުތޯ ސުވާލްކޮށްފިނަމަ އެންމެ ގިނަ ބއެއްގެ ދޫ މައްޗަށް އަންނަ ނަމަކީ އެލެކްސް މޯގަންއެވެ. އޭނާއަކީ މުޅި ދުނިޔޭގައިވެސް ރީތިކަމަށް މަޝްހޫރު ކުޅުންތެރިއެކެވެ. ރީތި ބައްޓަމެއްގެ ވެރި މޯގަން އަށް މި ލިސްޓުގެ އެއްވަނަ ލިބެނީ އޭނާގެ ލޯބި ހިނތުންވުމާއި އޭނާގެ ނުރައްކާތެރި ބަލާލުމުގެ ސަބަބުންނެވެ. ދަނޑުމަތީގައި ސިންގާއެއް ފަދައިން ވަރުގަދަކޮށް ކުޅެ ކުރިމަތީގައި އޮންނަ އިދިކޮޅު ޓީމް ބަލިކޮށް އެޓީމުގެ ސަޕޯޓަރުން މާޔޫސްކޮށްލާއިރު އެނާއަކީ ހަމަ އެގޮތައް އިދިކޮޅު ޓީމަށް ސަޕޯޓް ކުރާ ފިރިހެނުންގެ ހިތްތައް ވެސް ކަތިލަމުންދާ ރީތި "މަންޖެ" އެކެވެ.
މި ފަސް ކުޅުންތެރިންގެ އިތުރުން ވެސް ފުޓްބޯޅަ ކުޅޭ ރީތި އަންހެން ކުދިން އެބަތިއްބެވެ. އަދި ފުޓްބޯޅަ ކުޅޭ ކުދިން މަޝްހޫރު މޮޑެލްއިންނަށް ވެސް ވެފައި އެބަތިއްބެވެ. ރާއްޖެއަށް ބެލިކަމުގައި ވީނަމަވެސް ވަރުގަދަ އަށް ފުޓްބޯޅަ ކުޅޭ އެހެން ނަމަވެސް ރީތި އަންހެން ކުޅުންތެރިން އެބައުޅެއެވެ.