އިނާމަކަށް ހީލިއަމް ގޭސް ފުޅިއަކާއި 50 ފުއްޕާހަން ލިބޭ މުބާރާތެއް، މޯލްޑިވް ގޭހުން ފޭސްބުކްގައި ފަށައިގެން ކުރިޔަށް އެބަ ގެންދެ އެވެ.

ނިމިދިޔަ ހަފްތާ ބަންދާ ދިމާކޮށް މޯލްޑިވް ގޭހުން ފެށި މި މުބާރާތުގައި ބައިވެރިވުމަށް ކުރަން ޖެހޭ ކަމަކީ ފޭސްބުކްގައި މޯލްޑިވް ގޭހުގެ ޕޭޖަށް ލައިކު ދިނުމަށް ފަހު، މުބާރާތް ކުރިޔަށް ގެންދާ ޕޯސްޓުގައި#MaldiveGas ހޭޝްޓެގް ޖަހައި، ފަސް ރަހުމަތްތެރިއަކު ޓެގުކޮށް ކޮމެންޓު ދިނުމެވެ. އަދި އެއަށް ފަހު އެ ޕޯސްޓް ފޭސްބުކްގައި ޝެއާ ކޮށްލަން ޖެހެ އެވެ.

މި މުބާރާތް މޯލްޑިވް ގޭހުން ކުރިޔަށް ގެންދަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހީލިއަމްއަކީ ފުއްޕާހަން މައްޗަށް އެރުވުމަށް ބޭނުންކުރާ ގޭހެވެ. މި ގޭސް، ދެ ސައިޒެއްގެ ގޭސްފުޅި މޯލްޑިވް ގޭހުން ވިއްކަ އެވެ.

އެއީ 50 ފުއްޕާހަމަށް ގޭސް އެޅޭ، ފަސް ލީޓަރުގެ ކެނިސްޓަރާއި، 500 ފުއްޕާހަމަށް ގޭސް އެޅޭ، 47 ލީޓަރުގެ ސިލިންޑަރެވެ.

މީގެ ތެރެއިން ރީފިލް ކުރެވެނީ 47 ލީޓަރުގެ ސިލިންޑަރެވެ.

މޯލްޑިވް ގޭސް އިން ހީލިއަމް ގޭހުގެ ފަސް ލީޓަރުގެ ކެނިސްޓަރެއް ވިއްކަނީ 1،060 ރުފިޔާ އަށެވެ. އަދި 47 ލީޓަރުގެ ސިލިންޑަރެއް ވިއްކަނީ 7،000 ރުފިޔާ އަށެވެ.

މޯލްޑިވް ގޭސް އިން ބުނީ އެ ކުންފުނިން މާލޭގައި ގާއިމްކޮށްފައިވާ ފިހާރައިން އަދި ހުޅުމާލެ އައުޓްލެޓާއި ވިލިމާލެ އައުޓްލެޓުން ގޭސް ފުޅި ގަންނަން ލިބޭނެ ކަމަށެވެ.