ބޯންމައުތު އަތުން ތިން ޕޮއިންޓް ހޯދައި ޕްރިމިއާ ލީގު ތާވަލްގެ އެއް ވަނާގައި އޮތް ޗެލްސީއާ ގާތަށް ޓޮޓެންހަމް ހޮސްޕާއިން ޖެހިލައިފިއެވެ.

ލީގު ތާވަލްގެ އެއް ވަނާގައި 75 ޕޮއިންޓާ އެކު ޗެލްސީ އޮތް އިރު ރޭގެ މެޗުން މޮޅުވެ ޓޮޓެންހަމް ހޮސްޕާއިން ވަނީ 71 ޕޮއިންޓް ހޯދަފާ އެވެ.

ޓޮޓެންހަމް ހޮސްޕާއިން ރޭގެ މެޗުގައި ލީޑު ނެގީ މެޗުގެ 16 ވަނަ މިނިޓުގައެވެ. މޫސާ ޑެމްބަލޭ އެ ގޯލް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަން ފަހިކޮށްދިން ފުރުޞަތަކުންނެވެ. މެޗުގެ 19 ވަނަ މިނިޓުގައި ޓޮޓެންހަމް ހޮސްޕާއަށް ލީޑު ފުޅާކޮށްދިނީ ހެރީ ކޭން ދިންބޯޅައަކުން ހިންއަންގުން އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއާއެކުއެވެ.

ޓޮޓެންހަމުން ލީޑު ފުޅާކުރީ ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޭންއެވެ.އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ ނިމެން ކައިރިވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވިންސެންޓް ޔެންސަން އެވެ.

އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ބަލި ނުވެ ޗެލްސީއާ ހަތަރު ޕޮއިންޓް ގާތަށް ޓޮޓަންހަމުން ޖެހިލިއިރު މާދަމާ ރޭ ޗެލްސީ ނުކުންނާނީ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށެވެ.