16 Apr 2017, 09:34
ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16ގެ ޖާގައެއް އެސްޓީއޯ އިންނާއި އެމްޕީއެލްއިން ކަށަވަރުކޮށްފި އެވެ.
އެމްޕީއެލް އިން ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެމްޑަބްލިއުއެސްސީ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އެސްޓިއޯ އިން ގަދަ 16ގެ ޖާގައެއް ކަށަވަރުކުރީ އެލައިޑްގެ މައްޗަށް ރޭ ކުޅުނު މެޗުގައި 1-0ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އެމްޕީއެލްއިން އެމްޑަބްލިއުއެސްސީ ކޮޅަށް ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާ ގައުމީ ޓީމް އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޒުވާން ކުޅުންތެރިއާ މުހައްމަދު އައްޒާމެވެ.
އެމްޕީއެލް އިން ވަނީ އެ މުބާރާތުގައި އެޓީމު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. އެމްޑަބްލިއުއެސްސީ ވަނީ ކުޅުނު އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެފަ އެވެ.
ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރި މެޗުގައި އެސްޓިއޯ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެންދަނިކޮށް އަބްދުﷲ ޝައްފާނެވެ.
އެސްޓިއޯ އިން އެ މުބާރާތުގައި ކުޅުނު ދެ މެޗުންވެސް އެޓީމު ވަނީ މޮޅުވެފެ އެވެ. އަދި އެލައިޑް އިން ދެ މެޗު ކުޅެފައިވާއިރު އެޓީމް ވަނީ އެއްމެޗުން ބަލިވެ އަނެއް މެޗުން މޮޅުވެފަ އެވެ.