އެލައިޑް އިންޝުއަރަންސް ކުންފުނީގެ މޯބައިލް އެޕް ޑައުންލޯޑުކޮށްގެން ވ. އަތޮޅުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރޭ ދުރަށް ފޮނުވި މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގާލާ ރައުންޑުގެ ޝޯގައި މި ޕްރޮމޯޝަން އިއުލާން ކޮށްފައިވާ އިރު، ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޖެހޭނީ އެލައިޑް އިންޝުއަރަންސްގެ މޯބައިލް އެޕްލިކޭޝަންގެ އެންމެ ފަހު ވާޝަން ޑައުންލޯޑު، ނުވަތަ އަޕްޑޭޓު ކުރާށެވެ. އެއަށްފަހު، އެ އެޕްގެ ހޯމް ސްކްރީނުގެ ޓޮޕް ބެނާއަށް ޓެޕްކޮށްލުމުން ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެފަރާތެއްގެ މައުލޫމާތު ފުރިހަމަކުރަން ފޯމެއް ފެންނާނެއެވެ. އެބައި ފުރިހަމަކުރުމުން ޕްރޮމޯޝަނަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.

ރެއިން ފެށިގެން އޭޕްރިލް 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވެނީ ހަމައެކަނި ދިވެހީންނަށެވެ.

މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިޔާއަށް ވ. ކެޔޮދޫ ޖުޕިޓާ ރަންސައިޒް ލޮޖް ގެސްޓްހައުސްގައި ތިން ދުވަހާއި ދެރޭގެ ޗުއްޓީއެއް ދެމީހަކު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. އިނާމުގެ ތެރޭގައި ނައިޓް ފިޝިން ޓްރިޕަކާއި، އެލައިޑުގެ ޓީވީ އިޝްތިހާރުތަކުން ފެންނަ ޝިޕް ރެކު ސަރަހައްދަށް ސްނޯކްލިންގްއަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި ސްނޯކްލިންގް ދަތުރުގައި ޚާއްސަ މެހެމާނެއްގެ ގޮތުން، އެލައިޑުގެ އިޝްތިހާރުތަކުން ފެންނަ ކުޑަ އެކްޓަރުވެސް ބައިވެރިވާނެ ކަމަށް އެލައިޑުން ބުނެއެވެ.