ލަވަކިޔުމުގެ ދާއިރާގައި 36 އަހަރު ހޭދަކުުރުމަށްފަހު، މަޝްހޫރު އޮލިމްޕިއަންސް ބޭންޑުގެ ލަވަކިޔުންތެރިޔާ މަހުމޫދާ ޝަކީބު އެ ބޭންޑުން ވަކިވެއްޖެއެވެ.

އޮލިމްޕިއަންސްއަކީ ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްގެ ދަށުން ހިންގާ ބޭންޑެކެވެ.

"ރޭރޭ މިހެން ޚިޔާލު ކޮށްލަން" އަދި "މޭގައިވި އަލި ކުރި ނޫރަކީ މަލޭ" ފަދަ، ދިވެހީންގެ މެދުގައި މަޝްހޫރުވެގެން ދިޔަ ގިނަ ލަވަތަކެއް ކިޔާފައިވާ މަހުމޫދާއަކީ އޭނާގެ އުމުރުން 12 އަހަރުން ފެށިގެން އޮލިމްޕިއަންސް ބޭންޑުގައި ލަވަކިޔަމުން އައި ލަވަކިޔުންތެރިއެކެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ސަރުކާރުގައި ޚިދުމަތް ކުރަމުން އަންނަ މަހުމޫދާއަށް ވަނީ ލަވަ ކިޔުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ލިބިފައެވެ.

އެންސީއޭ އިން މަހްމޫދާގެ ރިޓަޔަރމަންޓް ފާހަގަކޮށްފަ----

ސަރުކާރުގެ ވަޒީފާއެއްގެ ގޮތުގައި އޮލިމްޕިއަންސް ބޭންޑުގައި ޚިދުމަތް ކުރަމުން އައި މަހުމޫދާ އެ ބޭންޑުން ރިޓަޔާ ކޮށްފައިވާ އިރު، މަހުމޫދާގެ ޚިދުމަތްތައް ފާހަގަކޮށް، އެންސީއޭއިން ވަނީ ޚާއްސަ ހަފްލާއެއް ބާއްވައިފައެވެ. އެ ހަފްލާގައި މަހުމޫދާގެ ޚިދުމަތްގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާއެއް އެރުވި އިރު، އޮލިމްޕިއަންސް ބޭންޑުގެ ފަރާތުން މަހުމޫދާއަށް ހަނދާނީ އެވޯޑެއް ވެސް ދިނެވެ.