14 Apr 2017, 20:45
ހާއްސަ ޑިސްކައުންޓުތަކަކާއި ސްކޮލަޝިޕް ފުރުސަތުތަކަކާއެކު، އެވިޑް ކޮލެޖުން މޭ މަހު ފަށާ ކޯސްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ކޮންމެ އިންޓޭކަކާއެކު ހާއްސަ ޕްރޮމޯޝަންތަކެއް އަބަދުވެސް ބާއްވަމުން އަންނަ އެވިޑް ކޮލެޖުން ބުނީ، "ޕްރޮމޯޝަން ވީކް"ގެ ނަމުގައި މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ބާއްވާ އެ ހަރަކާތް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކަމަށެވެ.
ޕްރޮމޯޝަންގައި ކޯސްތަކަށް އެދި ހުށަހަޅާ ދަރިވަރުންނަށް ތިން ސްކޮލަޝިޕް ފުރުސަތެއް ދޭއިރު، އެވިޑް ކޮލެޖުން މޭ މަހު ފަށާ ކޯސްތަކުގެ ތެރެއިން ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާ ޑިގްރީގެ ކޯސްތަކާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
އޭގެ ތެރޭގައި މިއަހަރު މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ މާސްޓާސް އޮފް ޓީޗިން ދެ ޕްރޮގްރާމަށް ހާއްސަ ޑިސްކައުންޓް ތަކެއް ހަމަޖެހިފައިވެއެވެ.
ރާއްޖޭގެ ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނަށް އަމާޒުކޮށްގެން އެވިޑް ކޮލެޖުގައި އަލަށް ފަށާ ޓީޗިން ދާއިރާގެ މާސްޓާސް ފެންވަރުގެ ދެ ކޯހަކީ މާސްޓާސް އޮފް ޓީޗިން ޕްރައިމަރީ އަދި މާސްޓާސް އޮފް ޓީޗިން ސެކަންޑަރީ ކޯހެކެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ވެލިޑޭޝަން ލިބިފައިވާ ލެވެލް ނުވައެއްގެ އެ ދެ ކޯހަކީ އެއް އަހަރާއި ހަތަރު މަސް ދުވަހުގެ ދެ ކޯހެވެ. އަދި އެ ދެ ކޯސް ވެސް ކުރިއަށް ގެންދާނީ ބުލޮކް މޯޑަށެވެ.
ޓީޗިން ދާއިރާގެ މާސްޓާސް ފެންވަރުގެ ދެ ކޯހާއެކު އެވިޑް ކޮލެޖުން ވަނީ އަންނަ މޭ މަހު 28 ޕްރޮގްރާމަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި ޓީޗިން، މެނޭޖްމަންޓް، އައިޓީ، ވިޔަފާރީގެ އިތުރުން ކައުންސެލިން ފަދަ ދާއިރާތައް ހިމެނެއެވެ.
އެވިޑް ކޮލެޖުން ބުނީ، އެ ކޮލެޖުގެ އަބަދުވެސް ވިސްނުމަކީ ލުއިފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށް ދިނުމާއި ހިންގާ ކޯސްތަކުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކޮށް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން ބޭރުގެ ޔުނިވާސިޓީތަކާއެކު އެފިލިއޭޓުވެ އެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތައް ކައިރި މުސްތަގުބަލެއްގައި ހިންގަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.