14 Apr 2017, 00:37
ބަންގްލަދޭޝްގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރުމަށް ބަންގްލަދޭޝްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ)އާ ހަވާލުކޮށްފިއެވެ.
ބަންގާޅުގެ ރާޖްޝަހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ކިޔަވަމުން އައި ދަރިވަރު މަރުވެފައި ހުއްޓާ ފެނުނީ މާޗު 29 ގައި، އެ ކޮލެޖުގެ ހޮސްޓެލްްގައި އޭނާ ދިރިއުޅޭ ކޮޓަރީގައެވެ. ދަންޖެހިފައި ހުއްޓާ ފެނުނު ރައުދާ މަރުވީ އަމިއްލައަށް ކަމަށް އޮޓޮޕްސީ ހެދި ޑޮކްޓަރުންނާއި، ފުލުހުންވެސް މިހާރު ބުނަމުންދާ އިރު، ރައުދާގެ އާއިލާއިން ވަނީ އެކަން ގަބޫލުކުރަން ދެކޮޅު ހަދައިފައެވެ.
އަދި ރައުދާ މަރައިލީ ކަމަށާއި، އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް އެދި ބަންގްލަދޭޝްގެ ރާޖްޝަހީ މެޖިސްޓްރޭޓު ކޯޓުގައި ރައުދަގެ އާއިލާއިން ވަނީ މައްސަލައެއް ވެސް ވައްދައިފައެވެ.
ރައުދާގެ މަރުގެ މައްސަލަ ރާޖްޝަހީ މެޓްރޮޕޮލިޓަން ފުލުހުން ތަހުގީގު ކުރުމަށްފަހު ވަނީ، އެ އިދާރާގެ ޑިޓެކްޓިވް ބްރާންޗާ ހަވާލުކޮށްފައެވެ.
ރައުދާގެ މަރާ ގުޅިގެން އާއިލާއިން ކޯޓަށް ވެއްދި މައްސަލައާ ގުޅިގެން، ކޯޓުން ވަނީ ރައުދާގެ މަރުގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް އެވެ.
ކޯޓުން އެ އަމުރު ކޮށްފައިވާ އިރު، އިއްޔެ ބަންގާޅުގެ ފުލުހުންގެ އިސްވެރިން ވަނީ ރާޖްޝަހީ ފުލުހުން ތަހުގީގު ކުރަމުން ދިޔަ މައްސަލަ، ބަންގާޅު ފުލުހުންގެ ސީއައިޑީއަށް ހަވާލުކުރުމަށް އަމުރެއް ނެރެފައެވެ.
އެ އަމުރުގައި ސޮއިކުރައްވާފައި ވަނީ އިންސްޕެކްޓަރ ޖެނެރަލް ކަމްރުލް އަހުސަނެވެ.
ރައުދާގެ މަރުގެ ތަހުގީގުގައި ބައިވެރިވުމަށް ދިވެހި ފުލުހުން ވެސް ބަންގާޅަށް ދިޔަ އިރު، މި ހަފްތާގައި ފުލުހުން ވަނީ އެ ތަހުގީގުން ފާހަގަވި ކަންކަން އާންމުކޮށްފައެވެ.
އެގޮތުން، ރައުދާ އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ އި، ރައުދާގެ ކަރުގައި ހުރި ނިޝާންތަކަކީ އޭނާ ދަންޖެހުމަށް ބޭނުންކުރި ފޮތިގަނޑުގައި ހުރި އެއްޗެހިތަކެއްގެ ސަބަބުން އެރި ނިޝާންތަކެއް ކަމާއި، ރައުދާގެ އަނގައިން ސޮނި ފައިބައި، އޭނާގެ ހެދުމާއި ސްކާފްގައިވެސް އެ ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ރައުދާގެ މަރުގެ މައްސަލައިގައި އާއިލާއިން އެންމެ ބޮޑަށް ތުހުމަތުކުރާ، ރައުދާގެ ރަހުމަތްތެރިޔާ އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ސީރަތު ޕަރުވީން މުހައްމަދުގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ވަރުގެ ހެއްކެއް ފެނިފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.