06 Jul 2011, 17:16
ސްޕީރިއާ ކޯޓްތަކުގެ ތެރެއިން ތިން ކޯޓަކަށް ހަތް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( ން އިއުލާންކޮށްފި އެވެ. ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު ފަނޑިޔާރުން ބޭނުން ވެގެން އިއުލާންކޮށްފައި ވަނީ ފެމިލީ ކޯޓާއި ސިވިލްކޯޓާއި ކްރިމިނަލް ކޯޓަށެވެ.
ޖޭއެސްސީން ބުނި ގޮތުގައި ސިވިލްކޯޓަށާއި ކްރިމިނަލް ކޯޓްގެ ތެރެއިން ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދަން އިއުލާން ކުރި އިރު ފެމެލީ ކޯޓަށް ތިން ފަނޑިޔާރުން ބޭނުންވާ ކަމަށެވެ.
ކޮމިޝަނުން ފަނޑިޔާރުން ހޯދުމަށް އިއުލާންކުރީ ރާއްޖޭގެ މެޖިސްޓްރޭޓްކޯޓްތަކާއި ސްޕީރިއާ ކޯޓްތަކުގައި ފަނޑިޔާރުން މަދުވުމާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސްޕީރިއާ ކޯޓްތަކަށާއި މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ފަނޑިޔާރުން ހޯދަން ކޮމިޝަނުން އެކުލަވާލާފައިވާ ޕެނަލުން، ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން ހޯދުމުގައި އަމަލުކުރާނެ ގަވާއިދެއް ކަނޑައެޅުމަށް ފަހު އެވެ.
ސްޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން ނެގުމުގައި ކޮމިޝަމުން އެކުލަވާލާފައިވާ ޕެނަލާ އެ ކޮމިޝަނުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ސްޕްރީމްކޯޓުން އެ ކޮމިޝަނަށް ހުށައަޅާފައިވާ ހުށައެޅުމާއި އަދި ކޮމިޝަންގެ ގަވައިދަށް ބެލުމަށް ފަހު މިހާރުން މިހާރަށް އެ ތިން ކޯޓަށް ފަނޑިޔާރުން ބޭނުންވާކަމަށް ފެންނާތީ އަދަދު ކަނޑައަޅާފައި ވަނީ މިހާރު ހަމަޖެހިފައިވާ ބަޖެޓަށާއި ކޯޓްގެ ޖާގައަށް ބެލުމަށް ފަހުގައި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.