ހުޅުމާލޭގައި އަޅާފައިވާ މީޑިއާ ނެޓުގެ ނެޓްވޯކް އަޕްގްރޭޑުކޮށް އެ ރަށަށް ދޫކުރާ ޗެނަލްތަކުގެ އަދަދު އިތުރުކޮށްފި އެވެ.

މީޑިއާ ނެޓުން މިއަދު ބުނީ، އެ އަޕްގްރޭޑާ އެކު 150 އަށްވުރެ ގިނަ ޗެނަލްތަކަށް އެކްސެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިތުރަށް ދޫކުރި ޗެނަލްތަކުގެ ތެރޭގައި ހިމެނެނީ އެޗްޑީ ޗެނަލްތަކާއެކު އިތުރު 40 ޗެނަލް ފެންނާނޭ ކަމަށް އެކުންފުނިން ބުންޏެވެ.

އަޕްގްރޭޑާއެކު އަލަށް ދޫކުރި ބައެއް ޗެނަލްތައް:

  1. ސްޓާ ސްޕޯޓްސް ސެލެކްޓް އެޗްޑީ
  2. ސްޓާ ސްޕޯޓްސް ސެލެކްޓް އެޗްޑީ2
  3. ޒީ ކެފޭ އެޗްޑީ
  4. އެޗްޖީޓީވީ އެޗްޑީ
  5. އެންޑް ޓީވީ އެޗްޑީ
  6. އެޗްބީއޯ އެޗްޑީ
  7. އޮޕެން މައިޓީވީ
  8. ކެޗަޕް ޓީވީ

މީޑިއާ ނެޓުން ބުނީ، އަންނަ މަހުގެ ކުރިން މި ޕެކޭޖަށް ސަބްސްކްރައިބު ކުރަން އިލްތިމާސްކުރާ ކަމަށާއި އެ މުއްދަތާ ހަމައަށް ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން 750 ރުފިޔާއަށް ޕެކޭޖު ލިބެން ހުންނާނޭކަމަށެވެ.

މީޑިއާ ނެޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ނެޓްވޯކު އަޅައި އެޚިދުމަތް ދެމުން އަންނަ ބޮޑު ކުންފުންޏެކެވެ.