06 Jul 2011, 17:02
ޑެންގީހުން ފެތުރެމުން ދާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވޯޑުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރާ ވަގުތުތަކަށް އައިޖީއެމްއެޗުން ބަދަލު ގެނެސްފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ވޯޑުތަކުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ގަޑިއެއްގެ ގޮތުގައި މިއަދުން ފެށިގެން ހަމަޖައްސާފައިވަނީ ކޮންމެ ރެޔަކުވެސް ހަތަކުން ފެށިގެން 8:00 ޖަހަންދެންނެވެ. އަދި 12 އަހަރުން ދަށުގެ ކުޑަކުދިން ގޮވައިގެން ބަލިމީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފައިވާ ކަމައް ވެސް އައިޖީއެމްއެޗްއިން ބުންޏެވެ.
މީގެ ކުރިން ބަލިމީހުންނަށް ޒިޔާރަތް ކުރެވެނީ ކޮންމެ ދުވަހަކު ވެސް ހަވީރު ފަހަކުން ރޭގަނޑު 8:00 ކަށެވެ.
ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށް ވޯޑަށް ޒިޔާރަތްކުރާ ވަގުތުތަށް މަދުކުރީއިރު އައިޖީއެމްއެޗްގައި ވަނީ ފިޒިއޮތޮރަޕީގެ ހިދުމަތާއި ކޮންމެހެން ކުރަންޖެހޭ ބޮޑެތި ސާޖަރީތަށް ކުރުން ފިޔަވައި އެހެން ސާޖަރީތަކުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ޑެންގީ ހުން ބާރުމިނުގައި ފެތުރި، މިދިޔަ ހަފުތާގައި 48 ގަޑިއިރުގެ ތެރޭގައި ހަތަރު ކުއްޖަކު ރާއްޖެއިން މަރުވި އެވެ. މިއަހަރު ޑެންގީ ހުން ޖެހިގެން ހަތް ކުއްޖަކު ވަނީ މަރުވެފަ އެވެ.