06 Jul 2011, 14:45
އައްޑޫން ކަންނެލި މަސްވެރި ކަމަށް ދޯންޏެއްގެ ޚަބަރު ނުވާތާ ތިން ދުވަސް ފަހުން ކޯސްގާޑުން ނުކުމެ ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެއްވެސް ޚަބަރެއް ވެފައިނުވާ "ސަން ފިޝް" ނަމަކަށް ކިޔާ ދޯނި އެންމެ ފަހުން ބަނދަރުކޮށްފައި ވަނީ ގދ. ތިނަދޫގައި ކަމަށެވެ. އަދި އެންމެ ފަހުން ހޯމަ ދުވަހު ގުޅުމުން ކޫއްޑޫ އަށް އައިސް ބަރުކުރުމަށް ޓަކައި ދަތުރުކުރަމުންދާ ކަމަށް ދޯނީގެ ކެޕްޓަން ބުނެފައިވާ ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް ކޫއްޑޫގެ އައިސް ޕްލާންޓް ހަލާކުވެފައި ހުރުމަށް ފަހު އައިސް ޕްލާންޓްގެ މަސައްކަތް ފަށާފައި ވަނީ ވެސް މިއަދު ކަމަށް ކޯސްގާޑުން މަޢުލޫމާތުދެ އެވެ.
އެހެންވެ ހޯމަ ދުވަހުގެރޭ 9:30 އެހާކަންހާއިރު އެ ދޯނި ތިނަދު އަށް ގޮސް އައިސް ބަރުކޮށްގެން މާލެ އައުމަށް ފުރިފަހުން އެއްވެސް ޚަބަރެއް ވެފައިނުވާ ކަމަށް ކޯސްގާޑުން މަޢޫލޫމާތުދެ އެވެ. އެ ދޯނީގެ ޚަބަރެއް ނުވެގެން ކޯސްގާޑަށް ރިޕޯޓު ކޮށްފައިވާނީ މިއަދު ހެނދުނު 10:30 ހާއިރު އެވެ.