ރާއްޖޭގެ ފަތުރުވެރިކަން ސައުދީ އަރަބިއްޔާގައި ޕްރޮމޯޓުކުރުމަށްޓަކައި ސަން ސިޔާމް ގްރޫޕުން އިއްޔެ އެގައުމުގައި ހަފްލާއެއް ބާއްވައިފިއެވެ. މިއީ މި މޭރުމުން ސައުދީގައި ސަން ސިޔާމް ގްރޫޕުން އިސްނަގައިގެން ބޭއްވި ދެވަނަ ހަފްލާއެވެ.

އިއްޔެ ސައުދީގެ ވެރިރަށް ރިޔާދުގެ ހޮލިޑޭ އިން އަލް ޤަސްރުގައި މި ހަފްލާ ބޭއްވީ ސައުދީގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެންނެވެ.

މި ހަފްލާގައި، ރިޔާދުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވިއެވެ. އެ ހަފްލާގައި ރާއްޖޭގެ މައުލޫމާތުގެ އިތުރުން، ސަން ސިޔާމް ރިސޯޓްސްއިން ހިންގާ ރިސޯޓުތަކުގެ މައުލޫމާތު އެރުވިއެވެ.

މި ހަފްލާގައި، ސައުދީގައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދު ވާހަަކަ ދެއްކެވި އިރު، ސަން ސިޔާމް ރިސޯޓްސްގެ ޑިރެކްޓަރ އޮފް ބިޒްނެސް ޑިވެލޮޕްމެންޓް އެވްޖީނާ ބޮޔަންކޯވާ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވިއެވެ.

މީގެ އިތުރުން، ހަފްލާގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހޮވުނު ނަސީބުވެރިންނަށް ސަން ސިޔާމް ރިސޯޓްސްއިން ސްޕޮންސާކުރާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ދިނެވެ.

ސަން ސިޔާމް ގްރޫޕުން މީގެ ހަރަކާތެއް ސައުދީގައި ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ސަން ސިޔާމް ގްރޫޕު އިސްތިހާރުކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް، ސައުދީގެ ރިޔާދުގައި އެ ގްރޫޕުގެ މަންދޫބެއް ގާއިމުކޮށްފައިވެއެވެ.