11 Apr 2017, 12:28
އެމްޓީސީސީއިން ވިއްކާ "ސްކޮޓް ބާޑާ" ބްރޭންޑުގެ ގަދަ ރެސިން އިން 10 ޕަސެންޓު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މިއަދު ހެނދުނު އެމްޓީސީސީގެ "ކަށަވަރު ޝޯ ރޫމް"ގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެ ކުންފުނީގެ ޓްރޭޑިން އެންޑް އިންޖިނޭރިން ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އަހުމަދު އަދުހަމާއި އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސާ، މުހައްމަދު ހިލްމީވެ.
އެ ބްރޭންޑުގެ ރެސިން އަކީ ދުނިޔޭގެ ވަރަށް މަގުބޫލު ރެސިން އެކެވެ. ސްކޮޓް ބާޑާ ބްރޭންޑުގެ ރެސިން ފީފާއަކުން 20 ޕަސެންޓް ދޭ މި ޕްރޮމޯޝަނުގެ މުއްދަތުގައި ރެސިން ފީފާއެއް 10،800 ރުފިޔާއަށް ލިބޭނެ އެވެ. އަދި އެ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދުހަމް ވިދާޅުވި ގޮތުގައި މިދުވަސްވަރު އޮޑި ދޯނި ފަހަރު ބަނުން އިތުރުވެފައިވާ ކަމަށާއި މި ޕްރޮމޯޝަންގެ ސަބަބުން ދޯނި ބަންނަ މީހުންނަށް އަގު ހެޔޮކަމާ އެކު ރެސިން ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޑި ދޯނިފަހަރަށް ބޭނުންވާ ސާމާނާއި އެފަދަ ތަކެތީގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ.