14 May 2010, 12:07
14:30
އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމަކީ ރައްޔިތުންނަށް ދަތިވާކަންކަމުގައި ރައްޔިތުންގެ ޝުއޫރުތަކާއި ހިޔާލުތައް ހުރިގޮތް ހާމަކުރުން ކަމަށާއި ހަޤީޤަތުގައި އެކަންތައް ހައްލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތަސްމީން މިއަދު ވިދާޅުވީ ޑީއާރުޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާ އަކީ ކަންރަންޓްގެ އަގު އަތްނުފޯރާ ފަށަށް ގޮސްފައިވާތީ ރައްޔިތުންގެ އެކަމާ ކަންބޮޑުވެފައިވާ މިންވަރު ހާމަކުރުމުގެ ގޮތުން ބޭއްވި މުޒާހަރާއެއް ކަމަށާއި ނަމަވެސް އެމުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ތަސްމީން އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މިއަދުގެ ރޭޑިއޯ އެޑްރެސްގައި، އެ މައްސަލަ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ، އެކަންތައް ކުރިއަށްދާ ގޮތް ބައްލަވާނެ ކަމަށާއި ނަމަވެސް މިކަމަށް ހައްލެއް ނާތުވެއްޖެ ނަމަ ޑީއާރިޕީން އަދިވެސް މުޒާހަރާކުރާނެ ކަމަށެވެ.
ޑީއާރުޕީން ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވުމުގެ ތެރޭގައި އެޕާޓީގެ ބައެއް މެންބަރުންނަށާއި ބައެއް އާއްމު ރައްޔިތުންނަށް އަނިޔާވެފައިވާކަން ފާހަގަކުރައްވާ އެކަމާ ވަރަށް ކަންބޮޑުވެފައިވަޑައިގެންނަވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.