ހުޅުމާލޭ އަތިރި މަތީ ސަރަހައްދުން ވިއްކާ 150 ގޯޗަށް އެދި ފޯމު ހުށަހަޅަން ދީފައިވާ މުއްދަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން އިތުރު ކޮށްދީފި އެވެ.

ހުޅުމާލެއިން އެއާޕޯޓަށް ދާން އޮންނަ މަގާ ދިމާލުން 36 ގޯއްޗަކާއި އެ ރަށުގެ އަތިރިމައްޗާ ކައިރިން 114 ގޯއްޗެއް ބީލަން އުސޫލުން ހުޅުމާލޭގެ އިން ވިއްކަން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 26 ން ފެށިގެން މާދަމާގެ ނިޔަލަށެވެ.

އެޗްޑީސީން މިއަދު ބުނީ ގިނަ ބަޔަކު ފޯމް ލާން އަދިވެސް އެދެމުން ދާތީ މި މަހުގެ 14 އާއި ހަމައަށް އެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. މިއަދުން ފެށިގެން ފޯމް ބަލައިގަންނަމުން ގެންދާނީ ކޮންމެ ދުވަހަކު ހެދުނު 8:30 އިން ހަވީރު 3:30 ހަމައަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ބީލަމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު އިތުރު ކޮށްދިން ނަމަވެސް ބީލަން ހުށަހެޅުމަށް ދީފައިވާ ތާރީހުތަކަށް ބަދަލު ނާންނަކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެ ގޯތިތަކުގެ ތެރެއިން އަތިރިމަތިން ވިއްކަނީ 1489 އާއި 1709 އަކަފޫޓުގެ ބިންތަކާއި އަދި 122 އާއި 1707 އަކަފޫޓުގެ ބިންތަކެވެ.