ބޭންކް އޮފް ސިލޯނުގައި ފަސް އަހަރު ވަންދެން އެއްވެސް މުއާމަލާތެއް ނުކޮށް ހުރި 295 އެކައުންޓެއް ބަންދު ކުރަން އެ ބޭންކުން ނިންމައިފި އެވެ.

އެ ބޭންކުން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ބޭންކުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުޢާމަލާތެއް އެކައުންޓްގެ ވެރިފަރާތުން ހިންގާފައި ނުވާ ކަމަށް އެ ބޭންކުގެ ރެކޯޑްތަކުން ނުދައްކާ ހުރިހާ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް އެކައުންޓާމެދު ޢަމަލުކުރަންވީ ގޮތެއް ބޭންކަށް އެންގުމަށް މުހުލަތެއް ދީ، އެ ކަސްޓަމަރުންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 18 ގެ ކުރިން، އެކައުންޓު އެކްޓިވޭޓް ކުރުމަށް އެދި ސިޓީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެބޭންކުން ބުނެފައިވެ އެވެ.

އަދި އެ ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެ ނަމަ، ބޭންކުން އެފަރާތްތަކުގެ ނަން ޑޯމަންޓް އެކައުންޓް ލިސްޓުގައި ހިމަނައި އެ އެކައުންޓްތައް ބަންދުކުރެވި އެކައުންޓުތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރުމުގެ ގާނޫނީ ބާރު އެ ބޭންކަށް ލިބިގެންވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ ބޭންކުން ކުރި އިއުލާނުގައިވާ ގޮތުންދިވެހި ފައިސާގެ 147 އެކައުންޓުވަނީ ޑޯމަންޓް އެކައުންޓުތަކުގެ ލިސްޓުގައި ހިމެނިފަ އެވެ.އަދި 148 ޑޮލަރު އެކައުންޓެއްވަނީ އެ ލިސްޓުގައި ހިމެނިފަ އެވެ.