09 Apr 2017, 12:26
މިދިޔަ ހުކުރު ދުވަހު މިޔަންމާގެ ޕެތިން އިން ފުރައިގެން ޔަކިންކޮންވިލެޖަށް ދަތުރުކުރި ފެރީއެެއް ބަންޑުންޖެހި ހާދިސާގައި 20 މީހަކު މަރުވެއްޖެ އެވެ.
ފެރީ ބަނޑުން ޖަހާލީ އެހެން ބޯޓެއްގައި ޖެހިގެންނެވެ. އެ ފެރީން ދަތުރުކުރި މީހުންގެ ސީދާ އަދަދު ސާފުވެފައި ނުވި ނަމަވެސް ގާތްގަނޑަކަށް 65 ވަރަކަށް މީހުން ދަތުރުކުރި ކަމަށް ލަފާކުރެވޭ ކަމަށް ހަބަރުތަކުން ބުނެ އެވެ.
އެ ފެރީގައި ތިބި ގިނަ މީހުންނަކީ ކައިވެނި ހަފްލާއެއް ނިންމާލުމަށް ފަހު އެނބުރި ދިޔަ މީހުންނެވެ.
އެ ހާދިސާގައި 20 މީހުން މަރުވެފައި ވާއިރު އޭގެތެރެއިން ގިނަ މީހުންނަކީ އަންހެނުންނެވެ. އެގޮތުން މަރުވެފައި ވަނީ 16 އަންހެނުުންނާއި ހަތަރު ފިރިހެނުންނެވެ. އަދި ގާތްގަނޑަކަށް ނުވަ މީހުން ގެއްލިފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.
މިޔަންމާގެ ރެސްކިއު ޓީމްތަކުން ވަނީ ފެރީން ދަތުރުކުރި މީހުންގެ ތެރެއިން 30 މީހަކު ސަލާމަތްކޮށްފަ އެވެ.