ބޮލީވުޑުގެ އެކްޓަރު އަބީޝެކް ބައްޗަން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ހިޓް ފިލްމު 'ހައުސްފުލް 3' އިންނެވެ. އެއަށްފަހު އެއްވެސް ފިލްމަކަށް އޭނާ ސޮއިކޮށްފައެއް ނުވެ އެވެ.

އެއާއެކު، އަބީޝެކްގެ ފިލްމީ ކެރިއަރު ނިމެން އުޅެނީ ކަމަށް ބުނެ ޚަބަރުތައް ވެސް ފެތުރެން ފެށި އެވެ. ނަމަވެސް، މި އަހަރު އެންމެ ބުރަކޮށް މަސައްކަތުގައި އުޅޭނެ އެކްޓަރަކީ އޭނާ ކަމަށް މިހާރު މިވަނީ ވެފައެވެ.

ޚަބަރުތައް ބުނާގޮތުން، އަބީޝެކް މިހާރު ވަނީ ހަތަރު ފިލްމެއްގެ މަސައްކަތާ ހަވާލުވެފައެވެ.

އެގޮތުން ޕްރަބޫ ދޭވާ ޑައރެކްޓު ކުރާ ފިލްމު 'ލެފްޓީ' އިން އަބީޝެކް ފެނިގެން ދާނެ އެވެ. އެ ފިލްމު ޕްރޮޑިއުސް ކުރަނީ ވެސް އަބީޝެކް އެވެ. ހަމައެއާއެކު، ޑައިރެކްޓަރު ނިޝިކާންތު ކަމަތު، ރޯނީ ސްކްރޫވާލާ އަދި ޕްރިޔާދަރްޝަންގެ ފިލްމުތަކަށް ވެސް އަބީޝެކް ވަނީ އެއްބަސްވެފައެވެ.

އޭގެ އިތުރުން، އަނބީމީހާ އަދި ބަތަލާ އައިޝްވާރިޔާ އާއެކު 'ގުލާބު ޖާމުން' ކިޔާ ފިލްމަކުން ވެސް އަބީޝެކް ފެނިގެން ހިނގައިދާނެ އެވެ. ނަމަވެސް އެއީ އަދި މުޅިން ޔަގީން ވެފައިވާ މައުލޫމަތެއް ނޫނެވެ.