09 Apr 2017, 09:04
ދެހާހުގެ ކުރީގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުގަ ރަސްކަން ކުރި ބޮބީ ޑިއޯލް ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާ އާ ދުރުގައި ހުރުމަށް ފަހު، އަނެއްކާ ވެސް ފިލްމަކުން ފެނުމަށް މިވަނީ ތައްޔާރުވެފައެވެ.
މިއީ ހަމަގައިމުވެސް ބޮބީއަށް ތާއީދު ކުރާ އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.
ބޮބީ އަލުން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައި ވަނީ އޭނާގެ ބޭބެ ސަނީ ޑިއޯލް އުފައްދާ ފިލްމު، 'ޕޯސްޓަރ ބޯއީޒް' އާއެކު އެވެ. އެ ފިލްމުގައި ބޮބީ އާއި ސަނީގެ އިތުރުން، ފިލްމުގެ ޑައިރެކްޓަރު ޝްރެޔާސް ތަލްޕާޑޭ ވެސް ފެނިގެން ދާނެ އެވެ.
މިހާރު މިވަނީ އެ ފިލްމު ރިލީޒް ކުރާނެ ތާރީޚު ވެސް ކަނޑައަޅައިފައެވެ. ޚަބަރުތައް ބުނާގޮތުން ބޮބީ އަދި ސަނީގެ 'ޕޯސްޓަރ ބޯއީޒް' ރިލީޒް ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.
ބޮބީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2013 ވަނަ އަހަރު އޭނާގެ ބައްޕަ އާއި ބޭބެ އެކުގައި ކުޅުނު "ޔަމްލާ ޕަގްލަ ދީވާނާ 2" އަކުންނެވެ.
އެއަށްފަހު ފިލްމީ ދާއިރާއިން އޭނާގެ ހިލަމެއް ވެފައި ނުވެއެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ހަތް ވަނަ އަހަރު ފިލްމީ ދާއިރާ އަށް ތައާރަފުވީ، ބޮބީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ބާދަލް، ހަމްރާޒް، ކިސްމަތު އަދި އާޝިގު ހިމެނެއެވެ.