08 Apr 2017, 10:10
ސޯލް (އޭޕްރިލް 8): ސެމްސަންގްގެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި އެކުންފުނީގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގްގެ ޝަރީއަތް ފަށައިިފި އެވެ.
އެޝަރީއަތަކީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅުން ހުރި މައްސަލައެކެވެ. ޕްރޮސިކިއުޓަރުން ވިދާޅުވާ ގޮތުގައި ސިޔާސީ ފައިދާ ހޯދުމަށް ޓަކައި ލީ ވަނީ ރައީސް ޕާކްގެ ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްއަށް 43 ބިލިއަން ކޮރެއަން ވޮން (38 މިލިއަން ޑޮލަރު) ދީފަ އެވެ.
ނަމަވެސް ލީ ވަނީ ސެމްސަންގުން އެފައިސާ ދީފައި ވަނީ މަޖުބޫރު ކުރުވުމުން ކަމަށް ބުނެ އޭނާއާ ދެކޮޅަށް ކުރާ ރިޝްވަތު ދިނުމުގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ކޯޓަށް ހާޒިރު ކުރި ސެމްސަންގުގެ ހަތަރު އިސްވެރިން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އުމުރުން 48 އަހަރުގެ ލީ އަކީ ސެމްސަންގެ ވެރިޔާ ލީ ކުން-ހީގެ ފިރިހެން ދަރިފުޅެވެ. ހާޓް އެޓޭކެއް ޖެހިގެން ލީ ކުން-ހީ މަރުވުމުން ސެމްސަންގް ކުންފުނި ހިންގުމުގެ އެންމެ އިސްވެރިޔަކީ ލީީ ޖައެ ޔޮންގް އެވެ.
މިދިޔަ ފެބްރުއަރީ މަހު ލީ ހައްޔަރުކޮށްފައިވާ އިރު ރިޝްވަތާއި، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމާއި، ސަރުކާރުގެ ސިއްރުތައް ބޭޒާރު ކުރުމުގެ ތުހުމަތުގައި ރައީސް ޕާކް ވަނީ މިދިޔަ ހަފްތާ ތެރޭގައި ހައްޔަރުކޮށްފަ އެވެ. (ބީބީސީ)