08 Apr 2017, 09:15
ރާއްޖޭގައި ހުރި ސިޔާސީ މައްސަލަތައް ހައްލު ކުރުމަށް ޓަކައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް އަނެއްކާ ވެސް އދ. އިން ގޮވާލައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާން، ސްޓެފަން ޑްޖެރިކް އިއްޔެ ވިދާޅުވީ ރާއްޖޭގައި ހިންގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެކަންކަމަށް ހައްލު ހޯދަން އެންމެ ރަނގަޅު ގޮތަކީ ސިޔާސީ މަޝްވަރާތައް ކުރުން ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ކުރާ ހަމަތަކުގެ މަތިން ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް އަދި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ރާއްޖޭގެ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.