ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ބަންގުލަދޭޝްގެ ރާޖްޝަހީގައި މަރުވެފައި އޮއްވާ ފެނުނު ރައުދާގެ މަރަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ބަންގުލަދޭޝްގައި ތަހުގީގު ކުރަމުންދާ އެ މައްސަލާގައި ދިވެހި ފުލުހުން ވެސް ބަންގާޅުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައުދާގެ މަރާ ގުޅިގެން ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ކުރަމުންދާ މަސައްކަތް ދިވެހި ސަރުކާރުން ގާތުން ބަލަމުންދާ ކަމަށާއި އެކަމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"ރައުދާ އާތިފްގެ މަރާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ. ދިވެހި ސަރުކާރު މިއޮތީ ރައުދާ އާތިފްގެ އާއިލާއާއެކު" ތަރުޖަމާންގެ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ދަންޖެހިފައި ހުއްޓާ ފެނުނު ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ރައުދާ ކިޔެވި އިސްލާމީ ބޭންކް މެޑިކަލް ކޮލެޖާއި، ރައުދާގެ އޮޓޮޕްސީ ހެދި ރާޖްޝަހީ މެޑިކަލް ކޮލެޖުގެ އިތުރުން ބަންގާޅުގެ ފުލުހުން ވެސް ބުނަމުން ދިޔައީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.

ނަމަވެސް ރައުދާގެ އާއިލާއިން އެކަމާ ދެކޮޅު ހަދައެވެ. ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ބުނި ގޮތުގައި، ރައުދާގެ ހަށިގަނޑު އޭނާ ބެލި އިރު، މީހަކު ރައުދާގެ ކަރުގައި ހިފާފައިވާކަމުގެ ނިޝާންތައް ހުއްޓެވެ.

ނަމަވެސް އެފަދަ ނިޝާންތަކެއް ހުރިކަމަށް ބަންގާޅުެއެވެ.

ހޮބީއެއްގެ ގޮތުގައި މޮޑެލްކޮށް، އަދި ދުނިޔޭގެ މަޝްހޫރު ފެޝަން މެގަޒިން "ވޯގް"ގެ ކަވަރަށް އެރި އެންމެ ފުރަތަމަ ދިވެހި މޮޑެލް ރައުދާ އާތިފް މަރުވެފައި ހުއްޓާ ފެނުނީ ކަޝްމީރަށް ނިސްބަތްވާ، ކޮލެޖުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ސީރަތު ޕަރުވީން މުހައްމަދަށެވެ. ސީރަތަކީ މި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފަރާތް ވެސް މެއެވެ. އާއިލާގެ އެދުމުގެ މަތިން އެވެ.

ރައުދާގެ އާއިލާއިން ބުނި ގޮތުގައި ރައުދާ މަސައްކަތް ކުރަމުން ދިޔައީ އެމްބީބީއެސްގެ ފުރަތަމަ ޕްރޮފެޝަނަލް އެގްޒާމް ނިންމުމަށްފަހު ވެ.

ރައުދާ މަރުވި ދުވަހުގެ އެއްދުވަސް ކުރިން އޭނާ ބަލިވެގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ބުނާ އިރު، އެ މަންޒަރު ބެލުމަށްޓަކައި އާއިލާއިން ކޮލެޖުގެ ސީސީޓީވީ ފުޓޭޖު ބެލުމަށް އެދުނެވެ. ނަމަވެސް މިދިޔަ މަހުގެ 25 އިންް 30 އަށް ވާ އާއިލާއިން ބުންޏެވެ.

ރައުދާގެ އާއިލާއިން ބުނި ގޮތުގައި، މިވަގުތު އެ އާއިލާ ޑާކާގައި ތިބެ، ވަކީލުންގެ ފަރާތުން ދަނީ ގާނޫނީ ލަފާ ހޯދަމުންނެވެ.