07 Apr 2017, 10:37
ކުޅުދުއްފުށީގައި ޒުވާނަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.
ދަންޖެހިފައި ހުއްޓާ ފެނުނީ ކުޅުދުއްފުށީ، ވިނަ، އުމުރުން 18 އަހަރުގެ އިބްރާހީމް މުހައްމަދެވެ. އޭނާ މަރުވެފައިވާކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން 'ސަން' އަށް ވަނީ ޔަގީން ކޮށްދީފަ އެވެ.
ފުލުހުން ބުނީ އޭނާ ދަންޖެހުން ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 9:09 ގައި ކަމަށާއި، ފުލުހުން އެ ސަހަރައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ، އެ ޒުވާނާ ދިރިއުޅޭ ގޭގެ ކޮޓަރީގަ އެވެ. އޭނާ އަކީ ނަފްސާނީ ގޮތުން ނުވަތަ އެފަދަ އެއްވެސް ކަމެއް ހުންނަ މީހެއް ނޫން ކަމަށް އެ ރަށުން 'ސަން' އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.