05 Jul 2011, 17:37
ރޯދަމަހާއި ދިމާކޮށް ކުލަ ލުމުގެ މުބާރާތެއްގެ ގޮތުގައި އެސްޓީއޯ އިން "ނިޕޮން ޕެއިންޓް ޗެލެންޖް" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ. އެސްޓީއޯގެ މި ޕްރޮމޯޝަން ކުރިޔަށްދާނީ މި މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަން ފެށީ މި މަހުގެ އެކެއްގަ އެވެ.
އެސްޓީއޯ އިން ބުނީ މުބާރާތެއްގެ ގޮތުގައި ގެންދާ ކުރިޔަށް ގެންދާ ނިޕޮން ޕެއިންޓް ޗެލެންޖްގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް ނިޕޯން ކުލަ ގަތުމަށް ފަހު އެމީހަކު ބޭނުންވާ ތަނެއްގައި ބޭނުން ޑިޒައިނަކަށް ކުލަ ލުމުން އެސްޓީއޯގެ ފަނޑިޔާރުން ގޮސް ބަލާނެ ކަމަށެވެ. އަދި އެންމެ ރީތިކޮށް ކުލަލާފައިވާ ތަނެއް ފާހަގަކޮށް އެމީހަކު ކުލަ ލުމަށް ދިޔަ ހަރަދު އިނާމެއްގެ ގޮތުގައި ދޭނެ ކަމަށް ވެސް ބުންޏެވެ.
މި ޕްރޮމޯޝަންގައި ނިޕޮން މަރުކާގެ ކުލަ ދަޅެއް ގަތުމުން ކަސްޓަމަރަށް ރެޖިސްޓްރޭޝަން ފޯމެއް ދޭނެ ކަމަށާއި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ފޯމް ފުރުމަށް ފަހު އެސްޓީއޯ ގެ މާކެޓިންގް ޑިޕާޓްމަންޓަށް ހުށަހެޅުމުން ޕްރޮމޯޝަން ގައި ބައިވެރި ވެވޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.