06 Apr 2017, 17:04
އިންޑިއާގައި ކިޔަވަމުން ދިޔަ ދިވެހި ފުލުހަކު ދަންޖެހިފައި ހުއްޓާ ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
އިންޑިއާގެ ޕަންޖާބުގައި ދަންޖެހިފައި ހުއްޓާ ފެނުނު ދިވެހި ފުލުހަކީ އެ ގައުމުގައި މަތީ ތައުލީމު ހާސިލު ކުރަމުންދާ މީހެކެވެ.
އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވާކަން ފުލުހުން ވަނީ ސަންއަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނު ފުލުސް މީހާއަކީ ފޮރެންސިކް ސައިންސްގެ ދާއިރާއިން އިންޑިއާގައި މާސްޓާސް ފުރިހަމަ ކުރަމުންދާ ފުލުހެކެވެ. އޭނާ ތައުލީމު ހާސިލު ކުރަމުންދަނީ ފުލުހުންނަށް ލިބުނު ސްކޮލަޝިޕް ފުރުސަތެއްގަ އެވެ.
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލު ކުރަމުންދިޔަ ނަމަވެސް، ފުލުހުންގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރަ އާއި އެލަވަންސްތައްތައް އޭނާ ލިބެ އެވެ.