06 Apr 2017, 16:28
ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ ފޯނު އަންލޮކް ކުރެވިއްޖެ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ރައުދާގެ މަރުގެ މައްސަލަ ބަންގްލަދޭޝްގައި ތަހުގީގު ކުރަމުންދާ އިރު، ދިވެހިި ފުލުހުންވެސް ބަންގާޅުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރައުދާ އާތިފްގެ ފޯނު އަންލޮކްކޮށް،ތަހުގީގަށް މުހިންމު މައުލޫމާތުތަކެއް ފޯނުން ހޯދާފައިވާކަމަށެވެ.
ޕޮލިހުންގެ ޓްވީޓުގައި ބުނީ، ރައުދާގެ ފޯނު އަންލޮކު ކުރީ ދިވެހި ފުލުހުން ކަމަށެވެ.
މިކަން ބަންގްލަދޭޝްގެ ފުލުހުންގެ އިދާރާއިންވެސް ވަނީ "ސަން"އަށް ހިއްސާ ކޮށްފައެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސް ޑިޓެކްޓިވް ބްރާންޗުގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލާމިން ހުސައިން "ސަން"އަށް ވިދާޅުވި ގޮތުގައި ރައުދާގެ ފޯނުގެ ޕާސްވޯޑް ދެނެގަނެ، އެ ފޯނު މިއަދު ވަނީ އަންލޮކް ކޮށްފައެވެ.
"ޕާސްވޯޑު ހޯދައިގެން ފޯނު އަންލޮކު ކުރެވިއްޖެ. މިހާރު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މީގައިވާ ތަކެތި ބަލައިގެން ހެއްކެއް ފެނޭތޯ،" އޭސީޕީ އަލާމިން ހުސައިން "ސަން"އަށް ވިދާޅުވިއެވެ.
ރައުދާގެ އާއިލާއިން ބުނި ގޮތުގައި، ރައުދާ ގެންގުޅެނީ އައިފޯން 7 އެކެވެ. ރައުދާގެ އައިފޯނުގެ އިތުރުން، އޭނާގެ އެޕަލް މެކްބުކްވެސް ވަނީ ފުލުހުންގެ ތަހުގީގަށް ގެންގޮސްފައެވެ.
ދަންޖެހިފައި ހުއްޓާ ފެނުނު ރައުދާ އާތިފްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު، ރައުދާ ކިޔެވި އިސްލާމީ ބޭންކް މެޑިކަލް ކޮލެޖާއި، ރައުދާގެ އޮޓޮޕްސީ ހެދި ރާޖްޝަހީ މެޑިކަލް ކޮލެޖުގެ އިތުރުން ބަންގާޅުގެ ފުލުހުންވެސް ބުނަމުން ދިޔައީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.
އެހެން ނަމަވެސް ރައުދާގެ އާއިލާއިން އެކަމާ ދެކޮޅު ހަދައެވެ. ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ބުނި ގޮތުގައި، ރައުދާގެ ހަށިގަނޑު އޭނާ ބެލި އިރު، މީހަކު ރައުދާގެ ކަރުގައި ހިފާފައިވާކަމުގެ ނިޝާންތައް ހުއްޓެވެ.
ނަމަވެސް އެފަދަ ނިޝާންތަކެއް ހުރިކަމަށް ބަންގާޅުެއެވެ.
ހޮބީއެއްގެ ގޮތުގައި މޮޑެލްކޮށް، އަދި ދުނިޔޭގެ މަޝްހޫރު ފެޝަން މެގަޒިން "ވޯގް"ގެ ކަވަރަށް އެރި އެންމެ ފުރަތަމަ ދިވެހި މޮޑެލް ރައުދާ އާތިފް މަރުވެފައި ހުއްޓާ ފެނުނީ ކަޝްމީރަށް ނިސްބަތްވާ، ކޮލެޖުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ސީރަތު ޕަރުވީން މުހައްމަދަށެވެ. ސީރަތަކީ މި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފަރާތް ވެސް މެއެވެ. އާއިލާގެ އެދުމުގެ މަތިން އެވެ.
ރައުދާ މިދިޔަ ހަފްތާގައި މަރުވެފައި ހުއްޓާ ފެނުނު އިރު، އާއިލާއިން ބުނި ގޮތުގައި ރައުދާ މަސައްކަތް ކުރަމުން ދިޔައީ އެމްބީބީއެސްގެ ފުރަތަމަ ޕްރޮފެޝަނަލް އެގްޒާމް ނިންމުމަށްފަހު ވެ.
ބުދަ ދުވަހު މަރުވި ރައުދާ އަންގާރަ ދުވަހު ބަލިވެގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ބުނާ އިރު، އެ މަންޒަރު ބެލުމަށްޓަކައި އާއިލާއިން ކޮލެޖުގެ ސީސީޓީވީ ފުޓޭޖު ބެލުމަށް އެދުނެވެ. ނަމަވެސް މިދިޔަ މަހުގެ 25 އިންް 30 އަށް ވާ އާއިލާއިން ބުންޏެވެ.
ރައުދާގެ އާއިލާގެ މެމްބަރަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އެ އާއިލާ އިއްޔެގެ ވަގުތެއްގައި ވަނީ ރާޖްޝަހީ ދޫކޮށް، ބަންގްލަދޭޝްގެ ވެރިރަށް ދާކާއަށް ގޮސްފައެވެ.
"މިކޮޅުގައި މަޑުކޮށްލައި، މި އުޅެނީ ވަކީލުންނާ ބައްދަލުކުރުމަށް،"
ރައުދާގެ މަންމަ އައިމިނަތު މުހައްރިމާ މިއަދު "ސަން"އަށް ބުނި ގޮތުގައި، މިވަގުތު އެ އާއިލާ ޑާކާގައި ތިބެ، ވަކީލުންގެ ފަރާތުން ގާނޫނީ ލަފާ ހޯދަމުންދާ ކަމަށެވެ.