ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލިޖީގެ ކޯޑިނޭޓަރެއްގެ މަގާމަށް އަހުމަދު މުއީދު ހަމަޖައްސައިފި އެވެ.

އެ ސެންޓަރުގެ ކޯޑިނޭޓަރެއްގެ މަގާމަށް މުއީދު އައްޔަން ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުންނެވެ.

މުއީދަކީ މީގެ ކުރިން އައިޓީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އަކީ އަމިއްލަ ކޮމްޕިއުޓާ ޓްރެއިނިން ސެންޓަރެއް ހިންގާ ބޭފުޅެކެވެ.

އޭގެ އިތުރުން ސްކޫލުތަކުގައި އޭނާ ވަނީ ކޮމްޕިއުޓާ ދާއިރާއިން ދަރިވަރުންނަށް ތައުލީމް އުނގަންނަވައިދެއްވާފަ އެވެ. އަދި ފެނަކާ ކޯޕޮރޭޝަންގައި ވެސް އޭނާ ވަނީ ޚިދުމަތް ކުރައްވައިފަ އެވެ.