06 Apr 2017, 13:01
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ހާޑްވެއާ ފިހާރައަކީ ވެލިގާއެވެ. ވެލިގާގެ ނަން މިދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ވަރަށް ފަރިތަވެސް ވެއްޖެއެވެ. ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދަމުން، ވިޔަފާރިވެސް ފުޅާކުރަމުން ވެލިގާ ހާޑްވެއާއަށް މިއަދު ނުވަ އަހަރު ފުރިއްޖެއެވެ.
ވެލިގާއިން ބުނާ ގޮތުގައި މިއަދު ވެލިގާއަށް ނުވަ އަހަރު ފުރުމާ ގުޅިގެން، އެކުންފުނިން ކަސްޓަމަރުންނަށް ދޫކޮށްލަނީ ވަރަށް ޚާއްސަ އިނާމެކެވެ. އެޗްއައިވީ އެއިޑްސްއަށް ހޭލުންތެރިކޮށް، އެ ބަލި ނައްތާލުމަށް ކުރާ މަސައްކަތަށް ފައިސާ އެއްކުރުމުގެ ގޮތުން އެޕަލްއިން އުފެއްދި އައިފޯން 7 ގެ ރަތް ކުލައިގެ ސްޕެޝަލް އެޑިޝަން ފޯނެކެވެ.
ވެލިގާ ހާޑްވެއާއިން ބުނި ގޮތުގައި، ވެލިގާގެ ފޭސްބުކް އަދި ޓްވިޓާ ޕޭޖުގައި ކުރިޔަށް ގެންދާ ހަރަކާތެއް މިއަދު ވަނީ ފަށައިފައެވެ.
ފޭސްބުކްގައިޖެހެނީ، ވެލިގާގެ ޕޭޖުން ޕޯސްޓުކޮށްފައިވާ ފޮޓޯއަށް ލައިކު ދީ، ތިން ރަހުމަތްތެރިން ޓެގުކޮށް، އަދި ފޮޓޯ ޝެއާ ކުރާށެވެ.ޓުވިޓާގައިހިންގާ ހަރަކާތުގައި ޖެހެނީ ވެލިގާގެ ފޮޓޯ ރީޓުވީޓު ކުރާށެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޭސްބުކާއި ޓުވިޓާގައި ކުރިޔަށް ގެންދާ މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެ މެދުގައި ގުރުއަތު ލެވި، އެއް ނަސީބުވެރިއަކު ނަގާނެއެވެ.
ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހުކުރު ދުވަހު އިއުލާން ކުރަން ހަމަޖެހިފައިވާ އިރު، އެ ފަރާތަކަށް 128 ޖީބީގެ އައިފޯން 7 ރެޑެއް ލިބޭނެއެވެ.
ވެލިގާ ހާޑްވެއާއިން މިހާރު މާލޭގައި ހަތަރު އައުޓްލެޓް، އަދި ހުޅުމާލޭގައިި ވެސް އައުޓްލެޓެއް ދަނީ ހިންގަމުންނެވެ.