މަސްތުވާތަކެތީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު ބަލަން ފުރަތަމަ ފަހަރަށް ގައުމީ ސާވޭއެއް ކުރަން ފަށައިފި އެވެ.

"ނޭޝަނަލް ޑްރަގް ޔޫސް" ގެ ނަމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީގައި ކުރިއަށް ގެންދާ އެ ސާވޭގައި 16 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންގެ މެދުގައި މަސްތުވާތަކެތި ބޭނުންކުރުން އާންމުވެފައިވާ މިންވަރައި އެކަމުގެ ނުރައްކާތެރިކަމާއި އަދި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް އެ ކުދިން ވެފައިވާ މިންވަރު ދެނެގަންނާނެ ކަމަށް ހެލްތް މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނުގައި ބުނެ އެވެ.

މިނިސްޓްރީން ބުނީ އިނޯވާ ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ހިންގާ އެ ސާވޭ ނިންމާ ފުރިހަމަ ރިޕޯޓް ނެރޭނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

ނޭޝަނަލް ޑްރަގް ޔޫސް ސާވޭއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ ޔޫއެންއޯޑީސީ އަދި އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއިން އެވެ.