މިނިވަން ޗެމްޕިއަންޝިޕްގެ ށ. އަތޮޅު ބުރުގައި ފުނަދުއާއި މިލަންދޫގެ ފުރަތަމަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ އެވެ.

އިއްޔެ ހަވީރު ފުނަދޫގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި ފުނަދޫ އަދި މިލަންދޫގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ.

އެ މެޗުގައި ފުނަދޫ އަދި މިލަންދޫގެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ފުނަދުއަށް އިބްރާހިމް ފާއިޒް ލީޑު ހޯދައިދިން ނަމަވެސް، އޭގެ ތިން މިނެޓް ފަހުން އިބްރާހިމް ފަތުހީ ވަނީ މިލަންދުއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ށ. އަތޮޅުގެ ޗެމްޕިއަންކަން ކަށަވަރުވާނީ މާދަމާ ހަވީރު މިލަންދުއާއި ފުނަދޫ ބައްދަލުކުރާ މެޗަށްފަހު އެވެ. ށ. އަތޮޅު ބުރުގައި ހަމައެކަނި ފުނަދުއާއި މިލަންދޫ ބައްދަލުކުރާއިރު، އެ އަތޮޅުގެ މެޗުތައް ކުރިއަށްދާނީ ފުނަދޫގަ އެވެ.

ށ. އަތޮޅުގެ ޗެމްޕިއަނުން ޒޯން ބުރުގައި ނުކުންނަންޖެހޭނީ ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާ ޓީމަކާ ދެކޮޅަށެވެ. ޒޯން ބުރު ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.