05 Apr 2017, 15:45
ރާއްޖޭގެ 25 ސަރަހައްދެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް އިޓަލީގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ އުސޫލުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ސާވިސްގައި ގާއިމުކޮށްފައިވާ މޫސުމީ ވިއުގާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ރާއްޖޭގެ 25 ސަރަހައްދެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް ގާއިމުކުރުމަށް އިޓަލީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުންޏާ އެކު ޖޮއިންޓް ވެންޗާ އުސޫލުން މަސައްކަތް ކުރާނެ ދިވެހި ކުންފުންޏެއް ބޭނުންވާ ކަމަށެވެ.
އަދި އެ މަޝްރޫ އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހު 11 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަވިސްގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އަދި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި ދޭ މަޢުލޫމާތެއް ސާފު ނުވެގެން ފަހުން އެ މައުލޫމާތު ނުދޭނެ ކަމަށެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުޅުވުމަށް ހަމަޖެހިފައި ވަނީ މި މަހު 18 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ގައި ކަމަށާއި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެ ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައި ކަމަށް އިއުލާނުގައި ބާާންކޮށްފައިވެ އެވެ.