އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ފިރިހެން ދަރިކަލުން، ސަންޖޭ ގާންދީ ކުއްލި ގޮތަކަށް އަވަހާރަވި ހާދިސާގެ މައްޗަށް އުފައްދާ ފިލްމު 'އިންދޫ ސަރްކާރް' ރިލީޒް ކުރާނެ ތާރީޚު ކަނޑައަޅައިފި އެވެ.

'އިންދޫ ސަރްކާރް' ރިލީޒް ކުރާނެ ތާރީޚު ހާމަކޮށްފައި ވަނީ ފިލްމުގެ ލީޑު އެކްޓަރު ނީލް ނިތިން މުކޭޝް އެވެ. ނީލް ބުނީ ފިލްމު ރިލީޒް ކުރާނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

އަދި އެ ދުވަހު ފިލްމު ބަލަން ދިއުމަށް، ހުރިހާ ފަރާތްތަކުން ވެސް ތައްޔާރުވުމަށް ނީލް ވަނީ އެދިފަ އެވެ.

އެ ފިލްމުގައި ފެނިގެން ދާނީ 1975 އިން 1977 އަށް އިންޑިއާގައި އިއުލާންކުރި ސްޓޭޓް އޮފް އިމަޖެންސީގެ މުއްދަތުގައި ހިނގައި ދިޔަ ކަންތައްތަކެވެ.

ކާމިޔާބު ޑައިރެކްޓަރު މަދޫރް ބަންޑާރްކަރް ޑައިރެކްޓު ކުރާ އެ ފިލްމުން، އެ ދުވަސްވަރު ހިނގައި ދިޔަ ގިނަ ކަންތައްތަކާއި ސަންޖޭގެ މަރާ ގުޅިގެން ކުރިން ނޭނގޭ ގިނަ މައުލޫމާތު ތަކެއް އެނގިގެންދާނެ ކަމަށް ބެލެވެ އެވެ.

ފިލްމުގައި ސޯނިއާ ގާންދީގެ ރޯލުން ފެނިގެން ދާނީ ސުޕްރިޔާ ވިނޯދް އެވެ. އޭގެ އިތުރުން ކްރިތީ ކުޅާރީ އާއި އަނުޕަމް ޚޭރު ވެސް މުހިންމު ރޯލުތަކުން ފެނިގެން ދާނެ އެވެ.

މިއީ ކައިވެނީގެ ފަހުން ނީލް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ނީލް މިހާރު އަންނަނީ ގޯލްމާލް 4 ގެ މަސައްކަތް ވެސް ކުރަމުންނެވެ.