dhivehinews.com
Home Feed Topics
Back
Nov 23, 2025 SUN
SUN

ބެންގަލޫރާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވޭ: ސެކުލޮސްކީ

Nov 23, 2025
ބެންގަލޫރާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވޭ: ސެކުލޮސްކީ
Lead photo

04 Apr 2017, 21:49

އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ރަނގަޅަށް ކުޅެ ފަހުވަގުތުގައި ބަލިވުމުން މާޔޫސްވި ކަމަށާއި ނަމަވެސް ކުޅުންތެރީން އެ މެޗުގައި ދެއްކި ކުޅުމަށާއި ކުރި ހިތްވަރާމެދު ފަހުރުވެރިވާކަމަށް މާޒިޔާގެ ކޯޗު މަރްޔަން ސެކުކޮސްލީ ބުނެފި އެވެ.

އޭއެފްސީ ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ ބަލިވީ އިތުރުވަގުތުގެ ފަހު ވަގުތުގައި ބެންގަލޫރު އެފްސީން ކާމިޔާބުކުރި ލަނޑުން 1-0 ގެ ނަތީޖާއަކުންނެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން، ވަރަށް ބޮޑަށް މާޔޫސްވެފައި ހުރެ ސެކުލޮސްކީ ބުނީ ބަލިވީ ރަނގަޅަށް ނުކުޅެވިގެން ނޫންކަމަށާއި ކުޅުންތެރީން ދެއްކި ކުޅުމާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި މިއީ ރަނގަޅު ފިލާވަޅެއް ދަސްވެގެން ދިޔަ މެޗެއްކަމަށް ވެސް މާޒިޔާގެ ކޯޗު ބުންޏެވެ.

"ކުޅުންތެރީންނަށް މަރުހަބާ ކިޔަން. އެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަހުރުވެރިވޭ. ނަމަވެސް ފަހުވަގުތު ނަތީޖާ އެނބުރުމަކީ ނަސީބޭ ބުނެވޭނީ. މިއީ ފިލާވަޅެއް،" ސެކުލޮސްކީ ބުންޏެވެ.

އޭނާ އިތުރަށްބުނީ މުޅި މެޗުގައިވެސް މާޒިޔާއަށް ނަސީބު އެހީނުވި ސަބަބުތަކެއް ދިޔަ ކަމަށާއި 93 މިނިޓް ކުޅެން ޖެހޭ މެޗެއް ދިގުދެމިގެންގޮސް 94 ވަނަ މިނިޓްގައި މާޒިޔާ ކޮޅަށް ލަނޑެއް ވަނުމަކީ އެފަދަ ކަމެއް ކަމަށެވެ.

"ފުރަތަމަ ހާފުގައި ލިބެންޖެހޭ ޕެނަލްޓީއެއްވެސް ދިޔަ ނަމަވެސް އެ ވެސް ނުދޭ. ހަމަ ގައިމުވެސް އެ ބޯޅަ ބެންގަލޫރު ކުޅުންތެރިން އަތުގަ ޖެހުނު. ޕެނަލްޓީއެއް ނުދިން ސަބަބެއް ނުވިސްނޭ،" ސެކުލޮސްކީ ބުންޏެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެންގަލޫރު އެފްސީގެ އެސިސްޓެންޓް ކޯޗު ބުނީ އެމީހުނަށް މޮޅެއް ހައްގު ކަމަށާއި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ހަމަލާތަކެއް އުފެއްދީވެސް އެޓީމުން ކަމަށެވެ.

" މިއީ ހައްގު މޮޅެއް. އަހަރަމެންގެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ގޯލެއް ޖަހަން. އަނެއްކާ މެޗުގައި މޮޅަށް ކުޅުނީ އަހަރަމެން،" އެސިސްޓެންޓް ކޯޗު ބުންޏެވެ.

އެ ނަތީޖާއާއެކު 'ގްރޫޕް އީ'ގެ އެއްވަނައިގައި ބެންގަލޫރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މާޒިޔާއަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics

All MIHAARU PSM RaajjeTV SUN VNEWS

© 2026 dhivehiNews.com — Dhivehi voices amplified.