ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސިވިލް ކޯޓަަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

މިއަދު އެ ކޯޓުން ފޮނުވާފައިވާ ޗިޓުގައި މާދަމާ މެންދުރުފަހު 01:15އަށް ސިވިލް ކޯޓަށް ހާޒިރުވުމަށް އަލީމަށް ވަނީ އަމުރުކޮށްފަ އެވެ.

އެ ޗިޓުގައި ބުނެފައި ވަނީ، ޕީޕީއެމްގެ ހިންގުން ޕީޕީއެމްގެ މުޝްތަޝާރާއި ހަވާލުކޮށް ހުކުމްކޮށްފައިވަނިކޮށް އެ ހުކުމުގެ ބާރު ކެނޑޭގޮތަށް އަލީމް ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމިޓީއެއް ހިންގާ ކަމަށެވެ. އަދި އެ ކޮމިޓީން އެ ޕާޓީގެ ބައެއް މެމްބަރުން ވަކިކުރި ކަމަށް ބުނެ ޕީޕީއެމްގެ ނަމުގައި ވަކި ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

އަލީމްގެ އެ އަމަލުތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ކޯޓަށް ހާޒިރު ކުރުމަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވެ އެވެ.

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގައި، ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އޭގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމްގެ ރައީސް އޮފީސް ހިންގުން ހުއްޓުވުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ވަނީ އެވެ.

އެ އަމުރުގައި ވަނީ ސިވިލް ކޯޓުން ހުކުމަކުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށާއި އެ ހުކުމުގެ ބާރު ނަފީވާ ގޮތަށް ހުކުމަށް ކިޔަމަންވެ ތަބާވުމެއް ނެތި ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި ޕީޕީއެމްގެ ޕީޕީއެމްގެ ނަމުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްއެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށް ބުނެފައިވެ އެވެ.

އޭގެ ފަހުން ފުލުހުން ވަނީ، އެ އޮފީހުގެ ދިދަ އާއި ނަންބޯޑުވެސް އެވެ.