04 Apr 2017, 01:59
ވިމެން އޮން ބޯޑްސް (ވޮބް)ގެ އެނުއަލް އެވޯޑް މިއަހަރު 16 ކަނބަލަކަށް ދީފިއެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި އެވޯޑު ހާސިލް ކުރެއްވި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އެވެ.
ވިމެން އޮން ބޯޑްސް ގެ އެނުއަލް އެވޯޑް ދިނުމުގެ ހަފްލާ ގެ ތެރެއިން.. ސަން ފޮޓޯ-- ފަޔާޒް މޫސާ
އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ އާދަޔާ ހިލާފު ހުނަރުވެރި ހިތްވަރުގަދަ އަނަހެން ކަނބަލުންގެ ކާމިޔާބީގެ އަގު ވަޒަން ކުރުމުގެ މަގްސަދުގައި ދޭ އެ އެވޯޑުގެ މިދިޔަ އަހަރުގެ ހަފްލާގައި 11 ފަރާތަކަށް އެވޯޑު ދީފައިވެއެވެ.
މިއަހަރު އެވޯޑު ހާސިލް ކުރި ފަރާތްތަކާއި ކެޓަގަރީތައް:
ބެސްޓް ސީއީއޯ އިން ޕްރައިވެޓް ސެކްޓާ
: ނަސީމާ ޒަކަރިއްޔާ - ބޭކިން، އާޓްސް އެންޑް ކްރާފްޓް.- ބެސްޓް ވުމެން މެނޭޖަރު: ގަމީރާ އާދަމް - ދަނޑުވެރިކަން
- އެވޯޑް ފޯ ބެސްޓް ވުމެން މެނޭޖަރު: ހައްވާ ލަތީފް - މެނޭޖްމެންޓް
- ބެސްޓް ވުމެން މެނޭޖަރު: އައިމިނަތު ލީލާ - ބޭކިން އެންޑް ހޭންޑި ކްރާފްޓްސް
- ބެސްޓް ވުމެން މެނޭޖަރު: ފާތިމަތު މަނިކެ - ބޭންކިން
- ބެސްޓް ވުމެން މެނޭޖަރު: ސުނީތާ މުހައްމަދު - އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރު، ވިމެންސް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ފައުންޑިން މެމްބަރު އަދި ވައިސް ޗެއާ ޕާސަން
- ބެސްޓް ވުމަން މެނޭޖަރު: އައިޝަތު ޝިރްދާ - އެޑްމިނިސްޓްރޭޝަން
- ބެސްޓް ވުމަން މެނޭޖަރު: އައިމިނަތު ޝަރުމާ - ބިޒްނަމް އެޑްމިނިސްޓްރޭޝަން
- ބެސްޓް ވުމަން ކޮމްޕެނީ ސެކްރެޓަރީ: އައިޝަތު ނަތީލާ - ސިމްޑީ ގްރޫޕުގެ އެގްޒެކެޓިވް ސެކްރެޓަރީ
- ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު - ސާކިއުލަމް، އިންސްޓްރަކްޝަން އެންޑް އެސެސްމެންޓު
- ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: އިރުމް ސަބާ - އިކޮނޮމިކްސް، ފިނޭންސް، އިސްލާމިކް ބޭންކިން.
- ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: ނަފްހާ ފާރޫގް - އެމްވީޓީވީ، ވިމެން އެންޑް ޑިމޮކްރަސީ އެންޖީއޯގެ ސީއެފްއޯ
- ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: އަމިނަތު ޝާޔަން ޝާހިދު - މެނޭޖްމެންޓް
- ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: މަރިޔަމް މީނާ ހުސައިން - ޕްރީ ސްކޫލް ޕްރިންސިޕަލް
- ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: ފާތުމަތު އަޝްވާ ފަހީމް - ފޮޓޮގްރަފާ
- ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: ރައިދާ އިސްމާއިލް ޝަފީގު - ފެޝަން ޑިޒައިނިން.