ތައިލެންޑުގައި ބާއްވާ އެންމެ ބޮޑު ޑައިވް އިވެންޓު، ތައިލެންޑް ޑައިވް އެކްސްޕޯ 2017"ގެ މީޑިއާ ޕާޓްނަރުކަން ހައިރައިޒުން ނެރޭ ފްލޯޓިން އޭޝިއާ މެގަޒިނަށް ލިބިއްޖެ އެވެ.

ފްލޯޓިން އޭޝިއާ އަކީ ހައިރައިޒުން ލިޔެ، ޗާޕުކޮށް ނެރޭ ބައިނަލްއަގުވާމީ މަޖައްލާ އެކެވެ. އެ މަޖައްލާގައި ޕްރޮމޯޓު ކުރަނީ އޭޝިއާ ސަރަހައްދުގެ ލިވްއަބޯޑްސްތަކާއި ޑައިވް ސައިޓްތަކާއި ރާޅު އަޅާ ސަރަހައްދުތަކާއި އެތަންތަނާ ގުޅޭ ޚަބަރުތަކެވެ.

އެ މެގަޒިން ނެރޭތާ 12 އަހަރު ވެފައިވާއިރު މިއަހަރުން ފެށިގެން އެ މެގަޒިން ނެރޭނީ އަހަރަކު ދެ ފަހަރު ދެ އެޑިޝަންގެ ގޮތުގައެވެ. އެއީ ހޫނު މޫސުމަށް ޚާއްސަ އެޑިޝަނަކާއި ފިނި މޫސުމަށް ޚާއްސަ އެޑިޝަނެކެވެ.

މިއަހަރުގެ ހޫނު މޫސުމުގައި ނެރޭ "ސަމާ އެޑިޝަން" ނެރުމަށް ހަމަޖައްސާފައިވަނީ ޓީޑެކްސް ބެންކޮކް ފެއާގައެވެ.

ތައިލެންޑް ޑައިވް އެކްސްޕޯ 2017 އޮންނާނީ އަންނަ މަހުގެ 11 އިން 14 ވަނަ ދުވަހުގެ ނިޔަލަށް ބެންކޮކްގެ ސރިކިޓް ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.