ފުރާވަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ތ. އަތޮޅުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ސަން އަށް މައުލޫމާތު ދިން ގޮތުގައި ކުޑަކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ތ. އަތޮޅުގެ ރަށަކުން ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

މައްސަލަ އިތުރަށް ތަހުގީގުު ކުރުމަށްޓަކައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ރަށު ކޯޓަކުން 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި އެވެ.