މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގައި މަރުވެފައި ހުއްޓާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްގެއިންސްޓަގްރާމް އެކައުންޓްކުއްލިއަކަށް "ގެއްލިއްޖެ"އެވެ.

ރައުދާގެ އިންސްޓަގްރާމް އެކައުންޓް މިއަދު ހެނދުނު ވެސް ހުޅުވެ އެވެ. އެހެން ނަމަވެސް ދާދި ދެންމެއަކު ރައުދާގެ އިންސްޓަގްރާމް އެކައުންޓު ވަނީ ގެއްލިފަ އެވެ.

ރައުދާގެ އެކައުންޓުގައި އޭނާގެ ގިނަ ފޮޓޯތައް ޕޯސްޓުކޮށްފައިވެ އެވެ.

ރައުދާގެ އެކައުންޓު ގެއްލިފައިވާ އިރު، އޭނާ ގެންގުޅުނު އެޕަލް އައިފޯން 7 އަދި މެކްބުކް ލެޕްޓޮޕް ވަނީ ފުލުހުންގެ އަތުގަ އެވެ. ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ ރައުދާގެ އާއިލާ އިން ބުނާ ގޮތުގައި، ރައުދާގެ ފޯނު މިހާތަނަށް އަންލޮކް ކުރެވިފައެއް ނުވެ އެވެ.

ދުނިޔެ ދޫކުރާ މީހުންގެ އިންސްޓަގްރާމް އެކައުންޓްތައް އިންސްޓަގްރާމުން ރިމޫވް ކުރާނީ، އެ މީހެއްގެ އާއިލާގެ މެމްބަރެއް ކަމަށް ކަށަވަރުވާ މީހަކު، މަރުވި މީހާގެ މަރުގެ ސެޓްފިކޭޓް ފަދަ ރަސްމީ ލިޔުމެއް އިންސްޓަގްރާމަށް ހުށަހެޅުމުންނެވެ.

ރައުދާގެ އާއިލާ މެމްބަރަކު ބުނި ގޮތުގައި، މިފަދަ އެއްވެސް ކަމެއް އެ އާއިލާއިން މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

އެހެން ކަމުން ބެލެވެނީ، އިތުރު ބަޔަކު ރައުދާގެ އިންސްޓަގްރާމް އެކައުންޓަށް ލޮގްއިންވެ، އެ އެކައުންޓް ޑިލީޓު ކޮށްލީ ކަމަށެވެ.

ރައުދާގެ އިންސްޓަގްރާމް ޑިލީޓުވެފައި މިވަނީ، ދިވެހި ބްލޮގަރު މުޒައްފަރު (މުޖޫ) މިއަދު ހެނދުނު އެ އެކައުންޓުން އޭނާއަށް ފާހަގަވީބައެއް ކަންކަން އޭނާގެ ބްލޮގުގައި ޝާއިއުކޮށްފައިވަނިކޮށެވެ.

އޭނާ ފާހަގަކޮށްފައިވާ ގޮތުގައި، ރައުދާގެ އިންސްޓަގްރާމުން ފޮލޯކުރަމުން ދިޔަ 370 އެކައުންޓުގެ ތެރެއިން ދެމީހަކު ވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި މަދުވެފަ އެވެ. ބްލޮގަރު ބުނެފައި ވަނީ، ރައުދާގެ ފޮލޮވަރުންގެ ތެރެއިން މަދުވެފައި ވަނީ ރައުދާއާ ވަރަށް ގާތްކޮށް އުޅުނު، ކަޝްމީރަށް ނިސްބަތްވާ އަންހެން ކުއްޖަކާއި ބަންގްލަދޭޝްގެ ފިރިހެން ކުއްޖެއް ކަމަށެވެ.