03 Apr 2017, 12:33
ދެހާސް ފަނަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ފަސް އަހަރަށް ޖަލަށްލާފައިވާ ލ. ގަން އެއްގަމުގޭ ނާސިރާ އަލީ ދޫކޮށްލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން 'ސަން' އަށް ވިދާޅުވީ ނާސިރާ ދޫކޮށްލީ މިއަދު ކަމަށެވެ.
ނާސިރާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލަން ކްލެމެންސީ ބޯޑުން ނިންމި ނިންމުމެއްގެ ދަށުން ކަމަށް ލުގުމާން ވިދާޅުވިއެވެ.
ފުލުހުން އާންމުކުރި ވީޑިއޯ ފްޓޭޖުން ފެންނަގޮތުގައި ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރީ ބިންމައްޗަށް ވެއްޓިފައި އޮތް ފުލުސް މީހާއާ ދިމާލަށް ނާސިރާ އެއްލާލާފައި ވަނީ ކޮކަކޯލާ ހުސްފުޅިއެކެވެ.
ނާސިރާގެ އިތުރުންވެސް ފުލުސް މީހާ އަށް ހަމަލާދިން މައްސަލާގައި ގިނަ ބަޔަކު ވަނީ ކުށް ސާބިތުވެ ޖަލަށްލައިފައެވެ.