ހޮންޑާ ސައިކަލުތަކުން ޑިސްކައުންޓަތަކަކާއި އިންސްޓޯލްމެންޓްގެ ރަނގަޅު ޑީލްތަކަކާ އެކު އޭޕްރިލް ފެސްޓްގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއްޝީޝާއިން ފަށައިފި އެވެ.

ޝީޝާއަކީ ހޮންޑާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

މިއަދުން ފެށިގެން އޭޕްރިލް 20ގެ ނިޔަލަށް ކުރިޔަށްދާ އޭޕްރިލް ފެސްޓް ޕްރޮމޯޝަނުގެ ދަށުން، ހޮންޑާގެ ހަތަރު މޮޑެލް ކަމުގައިވާ ޒޫމާ އެކްސް، ސްކޫޕީ އައި، ވޭވް 125 އައި އަދި ވޭވް 110 އައިގެ ސައިކަލުތަކުން ޑިސްކައުންޓާއި އިންސްޓޯލްމެންޓުގެ ޚާއްސަ އަގުތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން، އެ ސައިކަލުތައް ގަތުމަށް ފުލް ޕޭމެންޓް ދައްކާ އިރު، 3،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ޝީޝާއިން ބުނެ އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކާއި މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީގެ ކަސްޓަމަރުންނަށް ވެސް މިގޮތުގެ މަތީން ޑިސްކައުންޓް ލިބޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ޕްރޮމޯޝަނުގެ ދަށުން، ސައިކަލުގެ އަސްލު އަގުގެ 10 ޕަސަންޓް ޑައުން ޕޭމެންޓުގެ ގޮތުގައި ދައްކައިގެން، އިންސްޓޯލްމެންޓުގެ ޚަރަދުގެ 20 ޕަސަންޓް ސަލާމަތް ކުރެވޭނެ ކަމަށް ވެސް ޝީޝާއިން ބުނެ އެވެ.