ޕްރިމިއާރ ލީގުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް މިރޭ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން އެ ދެޓީމު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގައި ލަނޑެއްޖަހާ ލީޑުނެގީ މެންޗެސްޓާ ސިޓީންނެވެ. އެ ޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ ލިއޮރީ ސޭނެވެ. އެނާ އެ ލަނޑު ޖެހީ މެޗުގެ ވަރަށް ކުރީ ކޮޅުއެވެ. ފަސްވަނަ މިނިޓްގައި ސޭން ކާމިޔާބުކޮށްދިން ލަނޑުން ކުރީގައި އޮވެ ފުަރަތަމަ ހާފުގެ 40 މިނިޓްފާއިތުވީ ފަހުން އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެމުންދިޔަ އާސެނަލުން ވަނީ އުންމީދު އާކޮށް ނަތީޖާ ހަމަހަކޮށްފައެވެ. މެޗުގެ 40 ވަނަ މިނިޓްގައި މި ލަނޑު އެޓީމަށް ކާމިިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓެވެ. އަދި ހާފް ނިމެން ދަނިކޮށް ސާޖިއޯ އަގުއޭރޯ ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް އާސެނަލް ސަޕޯޓަރުންނަށް މާޔޫސްކަން ގެނުވާފައެވެ.

ދެވަނަ ހާފަށް ބަލައިރު ސިޓީއަށް ލީޑު ދެމެެހެއްޓުނީ ހާފު ފަށައިގެން އަށް މިނިޓްވަންދެންނެވެ. މާޔޫސްވެފައި ތިބި ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ގެނެސްދިން ލަނޑު ކާމިޔާބުކޮށްދިނީ ޝްކޮޑްރާން މުސްތަފީއެވެ.

އެ ނަތީޖާއާއެކު ސިޓީއަށް ލިބެނީ 58 ޕޮއިންޓާއި އެކު 4 ވަނައެވެ. އާސެނަލްއަށް ލިބެނީ 51 ޕޮއިންޓާ އެކު ހަވަނައެވެ.