މަޝްހޫރު ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ދަރިފުޅު އާހިލްގެ ފުރަތަމަ އުފަންދުވަސް ފާހަގަކުރުމަށް ފަހު ޚާން އާއިލާ ރާއްޖެއިން ފުރައިފިއެވެ.

އާހިލްގެ އުފަންދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުދަ ދުވަހު ޚާން އާއިލާގެ 40 ވުރެ ގިނަ މެންބަރުން ރާއްޖެ އައެވެ. އޭގެ ތެރޭގައި އަރްބާޒް ހާން އާއި އޭނާގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާ ހާން އާއި މަލައިކާގެ ކޮއްކޮ އަމްރިތާ އަރޯރާ ހިމެނެއެވެ. ސަލްމާން އެ އާއިލާއަށް ގުޅިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އާހިލްގެ އުފަންދުވަހަށް އެ އާއިލާގެ މެންބަރުންނާ އެމީހުންގެ ބައެއް އެކުވެރިން މިދޔަ ހަފްތާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ގެންދިޔައީ އަމިއްލަ ފުށި ރިސޯޓުގައެވެ.

ސަލްމާން ހާން އާއިލާއެކު އެމިއްލަ ފުށި ރިސޯޓުގައި --

އުފަންދުވަސް ފާހަގަކުރަމުން ހޭދަކުރި ޗުއްޓީގައި އެމީހުންގެ އިންސްޓާ ގްރާމުގައި އާންމު ކުރި ފޮޓޯތަކުންވެސް ހާމަވެގެންދިޔައީ ރީތި ރާއްޖޭގެ ޖާދޫގައި ރަނގަޅަށްވެސް ޖެހުނު ކަމެވެ.

"ސަން" އަށް މައުލޫމާތު ލިބުނު ގޮތުގައި އަމިއްލަ ފުށީގެ ދޮން ފަސްގަނޑުގައި މަޖާ ދުވަސްތަކެއް ހޭދަކުރުމަށްފަހު އެންމެ ފުރަތަމަ ފުރާފައިވަނީ މަލައިކާ އަރޯރާ ޚާން އެވެ. ދެން ބާކީ ތިބި އެންމެން ގޮސްފައިވަނީ މިރޭގައެވެ.

އާހިލްގެ އުފަންދުވުގެ ޕާޓީ ބާއްވާފައިވާއިރު ޚާންގެ އާއިލާ އަކީ މޫދު ކުޅިވަރަށް ލޯބި ކުރާ އާއިލާއެއްކަން ވެސް އެމީހުން އާންމުކުރާ ފޮޓޯތަކުން ހާމަވިއެވެ.

އަރްޕިތާ ޚާން އާއި އޭނާގެ ދަރިފުޅު އާހިލް. އާހިލްގެ ފުރަތަމަ އުފަންދުވަހުގެ ކޭކް ފަޅަނީ---

އޭގެ އިތުރުން އަރްބާޒް ޚާން އިންސްޓަގްރާމްގައި ފޮޓޯއެއް އާންމު ކުރުމަށްފަހު ބުނެފައިވަނީ އަމިއްލަފުށި ރިސޯޓަކީ "ދުނިޔޭގެ ބެސްޓް" ކަމަށެވެ.އަދި ރާއްޖޭގައި ހޭދަކުރަމުން ދަނީ ހިތްގައިމު ވަގުތުތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.