02 Apr 2017, 22:15
މިނިވަން ޗެމްޕިއަންޝިޕު ހއ. އަތޮޅު މުބާރާތުގެ ފައިނަލުގައި މުރައިދޫ ބަލިކޮށް މާރަންދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގެ ޗެމްޕިއަންކަން މާރަންދޫން ހޯދީ މެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމު 1-1 އިން އެއްވަރުވެގެންް ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ އިން ކުރި ހޯދައިގެންނެވެ. މެޗުގެ ނަތީޖާއަކީ 3-4 ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހައި ކުރި ހޯދީ މުރައިދޫ ޓީމުންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަސްރާރް އަބްދުﷲއެވެ.

މުރައިދޫއާ މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/އެފްޢޭއެމް
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއާ އެކުއެވެ. މާރަންދުއަށް ނަތީޖާ ހަމަހަމަ ކޮށްދީ އުންމީދު އާކޮށްދިނީ މެޗުގެ 50 ވަނަ މިނިޓްގައި މުހައްމަދު ސާޖިދުއެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

މުރައިދޫއާ މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/އެފްޢޭއެމް
ޗެމްޕިއަން މާރަންދުއަށް ތަށި ހަވާލުކޮށްދެއްވީ ހއ ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފެވެ.