މިނިވަން ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގައި މިއަދު ކުޅުނު މެޗުންމަނަދޫ މައްޗަށް ކުޑަފަރީން ކުރި ހޯދިިއިރު އެ މުބާރާތުގެ ކ. އަތޮޅު ބުރުން ގުރައިދޫ މޮޅުވެއްޖެއެވެ.

ކުޑަފަރީން މަނަދޫ ބަލިކުރީ 1-2ގެ ނަތީޖާއަކުންނެވެ. އަދި ގުޅީ އަތުން ގުރައިދޫ މޮޅުވީ 4-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ނ. ކެނދިކުޅުދޫގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުޑަފަރީން ކާމިޔާބުކުރި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއްދެއްކި މުހައްމަދު ނާހިޒާ ހުސެއިން ޖަވާދުއެވެ. މި ދެލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މަނަދޫން ލަނޑު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

ކ. ގުޅި އަދި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން--ފޮޓޯ/ އެފްއޭއޭމް

މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅު ބުރުގައި މިއަދު ކުޅުނު މެޗުގައި ގުރައިދޫ މޮޅުވީ ގުޅީ ބަލިކޮށްގެންނެވެ. އެޓީމުން ގުޅީ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހަފުގެ 20 ވަނަ މިނެޓުގައި މެޗުގެ ލީޑު ނެގީ ގުޅީންނެވެ. އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އާދަމް އީމާން އެވެ. ނަމަވެސް ކުޅުން ރަނަގަޅުކޮށް ގުރައިދޫއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަނީސް އަލީ އެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ނަސީބު އެހީވީ ގުރައިދުއަށެވެ. އެޓީމުންވަނީ ގުޅީ ކޮޅަށް ތިން ލަނޑު ޖަހައި ގުޅީގެ މައްޗަށް ކުރި ހޯދައިފައެވެ. މި ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އަދި މެޗުގެ މޮޅުކުޅުންތެރިއާ އަނީސް، އަހުމަދު ސަމާހު އާއި އަހުމަދު ވަދީއުއެވެ.

މިއީ ގުރައިދޫ މި މުބާރާތުގައި މޮޅުވި ދެވަނަ މެޗެވެ. އެޓީމުން ވަނީ މީގެ ކުރިން ދިއްފުށްޓާ ވާދަ ކޮށް 2-0 ގެ ނަތީޖާ އަކުން މޮޅުވެފައެވެ.