މިނިވަން ޗެމްޕިއަންޝިޕު ހދ. އަތޮޅު ބުރުގެ ފައިނަލުގެ ޖާގައެއް ކުޅުދުއްފުށި ކަށަވަރު ކޮށްފިއެވެ.

ފައިނަލުގެ ޖާގައެއް އެޓީމުން ކަށަވަރުކުރީ އަމިއްލަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ހިރިމަރަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ކުޅުދުއްފުށިން މެޗުގެ ލީޑު ނެގީ ފުރަތަމަ މިނިޓްތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޝާމިލެވެ. މި ލަނޑާއެކު ކުޅުދުއްފުށިން މުޅި ހާފުގެ ކުޅުން ކޮންޓްރޯލްކޮށް ކުޅެމުންދިޔައީ ހިރިމަރަދުއަށް ވުރެ ރަނގަޅަށެވެ. ނަމަވެސް ނަތީޖާގެ ފަރަގު ބޮޑު ކޮށްލެވޭ ގޮތެއް ފުރަތަމަ ހާފުގައި އެޓީމަށް ވާގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާ އަކުންނެވެ.

ހިރިމަރަދޫ އަދި ކުޅުދުއްފުށި ބައްދަ ކުރި މެޗުގެ ތެރެއިން--ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފު ފެށިގެންވެސް ކުޅުދުއްފުށިން ލަނޑެއް ކާމިޔާބުކުރީ ހާފުގެ ފުރަތަމަ މިނިޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސިފު ސަލީމެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރި މަތީގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޅުދުއްފުށީގެ މުހައްމަދު ޝާފިއު ހަސަނެވެ.

ހިރިމަރަދޫ އަދި ކުޅުދުއްފުށި ބައްދަ ކުރި މެޗުގެ ތެރެއިން--ފޮޓޯ/ އެފްއޭއެމް

ކުޅުދުއްފުއްޓާއި ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް އެނގޭނީ ހަނިމާދުއާ ނޮޅިވަރަމް ބައްދަލުކުރާ މެޗަށް ފަހުގައެވެ.